އަހުމަދު މަސްނޫމް   5 ނޮވެމްބަރު 2021 - 18:19
ދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްޑޫ ހިތަދޫ (އަލިބެއްޔާގެ މޫސާދީދީގެ) މުހައްމަދު ނަސީރު ނިޔާވެއްޖެއެވެ.

ދައުލަތަށް ހިދުމަތް ކުރެއްވި ނަސީރު މިއަދު ނިޔާވިނަމަވެސް، އޭނާ ނިޔާވި ސަބަބެއް ސާފެއް ނުވެއެވެ.

އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ނަސީރުގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު ހުކުރު މިސްކިތުގައެވެ.

ނަސީރު ނިޔާވި އިރު އުމުރަކީ 73 އަހަރެވެ.



މުހައްމަދު ނަސީރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެންމެ ދެކުނުގެ 2 އަތޮޅުކަމަށްވާ އައްޑު ސިޓީއާއި ފުވައްމުލަކު ސިޓީ ހިމެނޭ ދެކުނު ޕްރޮވިންސަށް އައްޔަންކޮށްފައި ހުންނެވި ފުރަތަމަ ސްޓޭޓް މިނިސްޓަރެވެ.



ކިޔުންތެރިންގެ ހިޔާލު