އިސްލާމްދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި، އިސްލާމީ ޝިޢާރުތަކަށް ޖޯކުޖަހާ މީހުންނަށް ފިޔަވަޅު އެޅުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އިސްލާމްދީނަކީ މުސްލިމުންގެ ޙަޔާތުގެ އެންމެހާ ކަންތައްތައް އެ ދީނުގައި ޝާމިލުވާ ފުރިހަމަ ދީންކަމަށް ބުނެފައި ވެއެވެ. އަދި އިސްލާމް ދީނަކީ މުސްލިމަކު ދުނިޔެއަށް އުފަންވީއްސުރެ، އުޚްރަވީ ޙަޔާތަށް ވާޞިލުވަންދެން އޭނާގެ ހުރިހާ ކަމެއް ރާވައިދޭ މަންހަޖްކަމަަށް ހުތުބާގައި ބުނެފައި ވެއެވެ.
"ކީރިތި ރަސޫލާ މައްކާގައި ބާރުއެޅުއްވީ މި ޢަޤީދާ ދަސްކޮށްދެއްވައި، އޭގެ މަތީގައި މީސްތަކުން ސާބިތު ކުރެއްވުމަށެވެ. އިސްލާމް ދީނުގެ ޢަދުއްވުން މިއަދު ވެސް މަސައްކަތް ކުރަމުންދަނީ، މި ޢަޤީދާ ބަލިކަށިކޮށް މުސްލިމުންގެ ހިތްތަކުގައި އިސްލާމްދީނާ މެދު ޝައްކު އުފައްދައި، އެ ދީނާ ދުރުކުރުމެވެ." ހުތުބާގައި ބުނެފައި ވެއެވެ.
އިސްލާމް ދީނަކީ، ޢިލްމާއި މަޢުރިފާގެ ދީންކަމަށާއި އެ ދީނަށް މީސްތަކުން ވަދެފައި ވަނީ އެ ދީން އުނގެނި، އެ ދީނުގެ މާތްކަމާއި، މަތިވެރިކަން އެނގިގެންކަމަށް ވެސް ޚުޠުބާގައި ވެއެވެ.
މިހާރަކަށް އައިސް ޤައުމުގެ ބައެއް މީހުންގެ ފުށުން، އިސްލާމް ދީނާ ދެކޮޅު ޢަމަލުތައް ފެންނަކަމަށާއި އިސްލާމް ދީނުގެ ނަމުގައި، މީހުންގެ މުދަލަށް ގެއްލުންދިނުމާއި، މީހުން މެރުމާއި، އަނިޔާވެރި ޢަމަލުތައް ހިންގުމަށް ގޮވާލުމާއި، ދީނާމެދު ނަފުރަތު އުފެއްދުމުގެ ޢަމަލުތައް ހިންގުމަކީ އިސްލާމް ދީނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއްކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ކިތަންމެ މަދުން ނަމަވެސް، ފާޅުގައި، އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އުޅޭކަމީ، ހިތާމަހުރި ކަމެއްކަމަށެވެ.
"މީސްމީޑިޔާ ގައި، ފާޅުގައި، ނުވަތަ ވަގުއެކައުންޓުތައް ހަދައިގެން، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި، އިސްލާމީ ޝިޢާރުތަކަށް ޖޯކު ޖަހައި، ދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކާ މެދު ޝައްކު އުފެއްދުމަށް ކުރަމުންގެންދާ ހަޑިމުޑުދާރު، ޢަމަލުތައް ވަގުތުން ހުއްޓާލާއި އިސްލާމް ދީނާ ބެހޭ ޞައްޙަ، މަޢުލޫމާތު ހޯދައި، އިޞްލާހު ވުމަށް މިފަދަ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ގޮވާލައި ނަސޭހަތްތެރިވަމެވެ." މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.
"މި ދަނޑިވަޅުގައި، ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އަމާންއަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ޤާނޫނުތަކުގެ ދަށުން، މި ފަދަ ކުށްވެރި ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް، ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކަށް އިލްތިމާސް ކުރަމެވެ. އަދި އަހަރެމެން ކުރެ ކޮންމެ މީހަކީ ޤިޔާމަތް ދުވަހުން އެ މީހެއްގެ މަސްއޫލިއްޔަތާމެދު ޖަވާބުދާރީވާންޖެހޭނެ ފަރާތެއްކަން ދަނެ، މާތް ﷲ އަށް ބިރުވެތިވުމަށް ނަސޭހަތްތެރިވަމެވެ. މިއަދުގެ ޚުޠުބާފައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު