ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ އަވައްޓެރި ފުލުހުންގެ ހިދުމަތްކަމަަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. ތުރާކުނުގައި ގާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތުރާކުނު ޕޮލިސް ޑެސްކު ހުޅުއްވައި ދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިހާރު ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސަފާއަކީ އަވައްޓެރި ފުލުހުންގެ ހިދުމަތްކަމަށް ވިދާޅުވިއެވެ. އަދި އެހިދުމަތް ގާއިމްކުރެވިގެން ދަނީ ކޮންމެހެން ކުށް އުފެދިގެން ނުވަތަ އުފަންވެފައި އޮތުމަކުން ނޫންކަމަށާއި ކުުށާހަމައަށް ދިއުމުގެ ކުރިން ކުށަކަށް ވެދާނެ ކަންކަން ދެނެގަނެ މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހާރު ގެންދަވަނީ އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ހއ. ހދ. ށ. އަދި ނޯތު ޕޮލިސްގައި ހިމެނޭ ރ. އަތޮޅުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 7 އަށް ކުރައްވާ މި ދަތުރުފުޅުގައި ތުރާކުނުގެ އިތުރުން ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން، ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އެއަށްފަހު ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ އިތުރުން އެ އަތޮޅު އުނގޫފާރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒާއި ކޮމިޝަނަރ އޮފް ޕޮލިސް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.

During the visit, Minister of Home Affairs Imran Abdulla and Commissioner of Police Mohamed Hameed Inaugurated Police Desk service in HA. Thuraakunu as part of the efforts to broaden the policing services across the country pic.twitter.com/G97GuIREyF
— Maldives Police (@PoliceMv) November 4, 2021
މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހާރު ގެންދަވަނީ އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ހއ. ހދ. ށ. އަދި ނޯތު ޕޮލިސްގައި ހިމެނޭ ރ. އަތޮޅުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 7 އަށް ކުރައްވާ މި ދަތުރުފުޅުގައި ތުރާކުނުގެ އިތުރުން ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން، ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އެއަށްފަހު ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ އިތުރުން އެ އަތޮޅު އުނގޫފާރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒާއި ކޮމިޝަނަރ އޮފް ޕޮލިސް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.
ކިޔުންތެރިންގެ ހިޔާލު