ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް ޔާފިސް ކޯޓުގައި ވާހަކަދައްކަން ދެކޮޅު ހެދުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އަނެއްކާވެސް 6 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދިން މައްސަލައިގައި ބަންދުކުރުމަށްފަހު ކޯޓަށް ގެނައި ފުރަތަމަ ދުވަހުވެސް އިސްމާއިލް ޔާފިސްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގައެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު މީސް މީޑިއާގައި ނަޝީދަށް އެގޮތަށް އިންޒާރުދީފައެވެ.
މިފަހަރު އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ހުކުމް އިއްވީ ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދި ޕީޖީ އޮފީހުން އެދުނު މައްސަލައިގައި އިއްޔެ ބޭއްވި އަޑު އެހުމުގައެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް އޭނާ ވާހަކަ ނުދެއްކީއެވެ. އެހެންކަމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އަނެއްކާވެސް 6 ދުވަހުގެ ޖަލު ހުކުމެއް ފަނޑިޔާރު ވަނީ އިއްވާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އިސްމާޢީލް ޔާފިސް، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށް، 2020 ވަނަ އަހަރުން ފެށިގެން އިސްމާޢީލް ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯރމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ މައްސަލައިގައި 3 ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް ކޯޓަށް ހުށަހަޅާފައެވެ.
އިސްމާޢީލް ޔާފިސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާއާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 16-1 ގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު