ރާއްޖޭގައި ހިންގާ ބޭސް ފިހާރަތަކުގައި އަސާސީ ބޭސް ނުހުންނަނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ބުނެފިއެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އަދި ބޭސް ފިހާރައިގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއެކު ފާރމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށް ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން ބުނީ ހުރިހާ ފާރމަސީތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށެވެ. އަދި އަސާސީ ބޭސް، ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ބޭސް ފިހާރައިގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް ލިޔުމުން ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.



ރާއްޖޭގައި ހިންގާ ބޭސް ފިހާރަތަކުގައި އަސާސީ ބޭސް ނުހުންނަނަމަ ފިޔަވަޅު އަޅާނެކަމަށް އަންގާފައިވާއިރު ޑޮކްޓަރު ދޭ ބޭސް ސިޓީއަށް ބޭސް ހޯދުމަށް ރައްޔިތުން ވަރަށް ދަތި ހާލުގައި ބައެއް ފަހަރު އުޅެންޖެއެވެ. އެގޮތުން އެފަދަ އެންމެ އަސާސީ ބޭސްތައް ވެސް ގިނަ ފަހަރަށް ނުލިބޭކަމުގެ ޝަކުވާ މިފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު