ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އިސްލާހުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއް ކަމަށެވެ. ހަމައެއާއެކު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އެ ގަވާއިދުގައި ބަޔާންކޮށްފައެވެ.
މީގެ އިތުުރުން އެ ގަވާއިދުގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ގަވާއިދުގައި ހިމަނާފައެވެ. މީގެއިތުރުން މުވައްޒަފަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައި އާ ގަވާއިދުގައި ވަނީ ކަނޑައަޅާފައެެވެ.
އަދި މަގާމު އަދާކުރުމުގައި ނުވަތަ މަގާމުގެ ގޮތުން އެހެން މީހުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުުރުން ގެންގުޅުމަކީ ވެސް ވަޒީފާއިން ވަކިކުރެވޭ ކުށެއްްގެ ގޮތުގައި އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން މަގާމު އަދާކުރުމުގައި ނުވަތަ މަގާމުގެ ގޮތުން އެހެން މީހުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުުރުން ގެންގުޅުމަކީ ވެސް ވަޒީފާއިން ވަކިކުރެވޭ ކުށެއްްގެ ގޮތުގައި އާ ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެެ.
މި ގަވާއިދާއެކު ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުންވަނީ މަނާވެފައެވެ. އެހެން ނަމަވެސް މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު