ކަކޫ ފެންނަ ސޯޓެއް ތުރުކުރަށްވައިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނުކުމެވަޑައިގެންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް މިއަދު ވިދާޅުވެއްޖެއެވެެ.

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހދ. ކުޅުދުއްފުށީގައި އޮތް ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގެން އެމެޗުގައި ވަނީ ކުޅުއްވާފައެެވެ.

އެ މެޗްގައި އިމްރާން ބައިވެރިވެވަޑައިގެންފައި ވަނީ ކަކުލާ ހަމައަށް ހުންނަ ރަތް ކުލައިގެ ސޯޓަކާއި، ރަތް ޓީޝާޓެއް ތުރުކުރައްވައިގެންނެވެ. އެ މެޗްގައި އިމްރާން ކުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުވެފައިވާއިރު، އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

މިކަމަށް އިޝާރާތް ކުރަށްވާ، އިމްރާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ އަދި ދީނީ އިލްމްވެރިޔާ ޑރ. އިޔާޒް ވިދާޅުވީ، އައުރަ ނިވާ ކުރުމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެންމެންވެސް ކުރަންޖެހޭ ކަމެއް ކަަމަށާއި އަދި ވަކިން ހާއްސަގޮތެއްގައި އެހެންމީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ އިމްރާން ފަދަ ބޭފުޅަކު ކަކޫ ފެންނަ ހެދުން ކޮޅެއްއްގައި އާއްމުންގެ ތެރެއަށް ނުކުމެ ވަޑައިގެންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިހާރު އުޅުއްވަނީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ގައެެވެ. ހޯމް މިނިސްޓްރީން ބުނީ މިއީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅު، އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ހޯމް މިނިސްޓަރު ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ޢަހުމަދު

06-Nov-2021

ފިރިހެނާގެ ޢައުރަ އިޔާޒަށް ނޭނގޭތީ ޢަޖާއިބުވަން .


-6

ޢަހުމަދު

06-Nov-2021

ފިރިހެނާގެ ޢައުރަ އިޔާޒަށް ނޭނގޭތީ ޢަޖާއިބުވަން .