ރައްޔިތުން އުއްމީދު ކުރި ހެޔޮ ބަދަލު ނުފެނުނީ ކޯލިޝަން ސަރުކާރާއި ހެދި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ، ހުރިހާ ކަމެއް ކޯލިޝަންގެ ބޮލަށް ކަނޑާލައިއިފި އެވެ.
ރައީސް އިބްރާހިމް މުހަންމަދު ސޯލިޙު ވެރިކަމަށް ވަޑައިގެންނެވީ ހަތަރު ޕާޓީ ގުޅިފައިވާ ކޯލިޝަނަކުންނެވެ. ރައީސް ސާލިޙު ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ މަގާމުތަކުގެ ގާތްގަނޑަކަށް 95 އިންސައްތަ މިހާރު ފުރަމުން ދަނީ އެމްޑީޕީއަށް މިސްބަތްވާ މެންބަރުން ކަމަށް "ރަސް އޮންލައިން" އަށް ލިބިފައިވާ މައުލޫމާތު ތަކުން ކަށަވަރު ވެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އުއްމީދުކުރި ފުރިހަމަ ހެޔޮބަދަލު ފެނިފައި ނުވަނީ ކޯލިޝަން ސަރުކާރުގެ ސަބަބުން ކަމަށާއި، އެއިރުވެސް، މިހާރުވެސް ރައްޔިތުންގެ އުއްމީދަކީ ފުރިހަމަ އާރާއި ބާރުގައިވާ ހަމައެކަނި އެމްޑީޕީގެ ސަރުކާރަކުން ރައްޔިތުން އެދޭ ހެޔޮބަދަލު ގެނައުން ކަމަށް ރާއީ ވިދާޅުވިއެވެެ.
ރާއީ މިހެން ވިދާޅުވެފައިވާއިރު ސަރުކާރަށް ކަންކަން ފަހިކޮށްދީ ކަންކަން ކުރުވަން ބާރުއަޅާ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހުރިހާ ޒިންމާއެއް އޮތް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން ދީފައިވަނީ ވެސް އެމްޑީޕީއަށެވެ. އަދި ސަރުކާރުގެ ކެބިނެޓްގެ ގިނަ މަގާމުތަކާއި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކާއި ސިޔާސަތު ކަނޑައެޅުމުގައި ވެސް އިސްވެ ތިއްބެވީ އެމްޑީޕީގެ މެންބަރުންނެވެ.
ކޯލިޝަން ސަރުކާރުގައި ޕާޓީތަކަށް ދޭން އެއްބަސްވި ގޮތަށް ސަރުކާރުގެ ހިއްސާ ނުވަތަ މަގާމުތައް މިހާރު ނެތްކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތާ ޖޭޕީއާ އަދި އެމްއާރްއެމުން ވެސް ވަނީ ބުނެފައެވެ. ސަރުކާރުގެ ފުރިހަމަ އާރާއި ބާރާއި ކޮންޓްރޯލް އޮތީ އެމްޑީޕީގައި ކަމަށާއި، ކޯލިޝަން ސަރުކާރު އޮތީ ހަމައެކަނި ނަމެއްގައި ކަމަށް ކޯލިޝަނަށް ނިސްބަތްވާ ބައެއް ވަޒީރުންނާއި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސަރުކާރަށް ރައްޔިތުން އެދޭގޮތަށް ނުވަތަ ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ކަމެއް ހާސިލް ނުކުރެވޭ ކޮންމެ ފަހަރަކު ކޯލިޝަން ސަރުކާރުގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީތައް ބަދުނާމު ކުރާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
އެގޮތުން ރާއީ އަކީ އަބަދުވެސް އެފަދަ ކަންކަމުގައި ކޯލިޝަން ބަދުނާމުކޮށް ވާހަކަ ދައްކަވައި ކޯލިޝަންގެ ބޮލަށް ކަންކަން ކަނޑާލުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ކޯލިޝަން ސަރުކާރުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އުއްމީދުކުރި ފުރިހަމަ ހެޔޮބަދަލު ވަނީ ނުފެނިފައެވެ. އެއިރުވެސް، މިހާރުވެސް ރައްޔިތުންގެ އުއްމީދަކީ ފުރިހަމަ އާރާއި ބާރުގައިވާ ހަމަ އެކަނި MDP ސަރުކާރަކުން ރައްޔިތުން އެ އެދޭ ހެޔޮބަދަލު ގެނެވުމެވެ. 🙏 pic.twitter.com/RaI3v5zCWX
— Mohamed Raee / Makunudhoo Constituency (@Mraee12) November 5, 2021
ކޯލިޝަން ސަރުކާރުގައި ޕާޓީތަކަށް ދޭން އެއްބަސްވި ގޮތަށް ސަރުކާރުގެ ހިއްސާ ނުވަތަ މަގާމުތައް މިހާރު ނެތްކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތާ ޖޭޕީއާ އަދި އެމްއާރްއެމުން ވެސް ވަނީ ބުނެފައެވެ. ސަރުކާރުގެ ފުރިހަމަ އާރާއި ބާރާއި ކޮންޓްރޯލް އޮތީ އެމްޑީޕީގައި ކަމަށާއި، ކޯލިޝަން ސަރުކާރު އޮތީ ހަމައެކަނި ނަމެއްގައި ކަމަށް ކޯލިޝަނަށް ނިސްބަތްވާ ބައެއް ވަޒީރުންނާއި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސަރުކާރަށް ރައްޔިތުން އެދޭގޮތަށް ނުވަތަ ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ކަމެއް ހާސިލް ނުކުރެވޭ ކޮންމެ ފަހަރަކު ކޯލިޝަން ސަރުކާރުގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީތައް ބަދުނާމު ކުރާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
އެގޮތުން ރާއީ އަކީ އަބަދުވެސް އެފަދަ ކަންކަމުގައި ކޯލިޝަން ބަދުނާމުކޮށް ވާހަކަ ދައްކަވައި ކޯލިޝަންގެ ބޮލަށް ކަންކަން ކަނޑާލުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު