އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުކަމުގެ މަގާމަށް މުނޫ މަހާވަރު އައްޔަންކޮށްފިއެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް މުނޫ މަހާވަރު އައްޔަންކޮށް، .އޭނާއަށް މަގާމުގެ ފަތްކޮޅު ވަނީ އަރުވާފައެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުއެވެ.

އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅާފައި މިވަނީ އެ މަގާމަށް 2019 ވަނަ އަހަރު އައްޔަންކުރި ސަންޖޭ ސުދީރު އިންޑިއާއިން ޔޫއޭއީއަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރަން ނިންމުމުންނެވެ.



އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރި މަހާވަރު އެންމެ ފަހުން ހުންނެވީ އޮމާނުގައި ހުންނަވާ އިންޑިއާގެ ސަފީރުގެ މަގާމުގައެވެ.

އިންޑިއާއިން މިފަހުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނާއި މެދު ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު ކަންބޮޑުވުންތައް އުފެދިގެން ގޮސްފައިވެއެވެ. އެގޮތުން ސަންޖޭ ސުދީރާއި، އޭނާގެ ކުރިން ސަފީރަކަށް ހުންނެވި އަކިލޭޝް މިސްރާއާ މެދު ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު ނުރުހުމެއް އޮތެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިފަހުން އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ސަފީރުން ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ދާޚިލީ ކަންކަމުގައި ވެސް ބަސްބުނެ ހަދަނީއެވެ.



ކިޔުންތެރިންގެ ހިޔާލު