އިދިކޮޅުން ފަރާތްތަކުން "ހޯމްސްޓޭ" ވިޔަފާރިއާ ދެކޮޅު ވަނީ ރައްޔިތުން ފޯރުންތެރި ބަޔަކަށް ވެދާނެތީކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް މިހެން ވިދާޅުވީ ހަރުދަނާ ފިޔަވަޅުތައް އެޅުމެއްނެތި ހޯމް ސްޓޭ ފަތުރުވެރިކަން ފަށައިގެން ކުރިއަށްދާނަމަ ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.
މިކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ ކުދިކުދި ހޮޓާ ހިންގުމާއި ހޯމްސްޓޭއާ ދާދި އެއް ވައްތަރުކަމަށެވެ. އަދި ޒިންމާދާރުކަމާއެކީ ރަށްރަށުގައި އެކަންކުރާތާ 10 އަހަރުވެއްޖެކަމަށާއި، ނަތީޖާވެސް ރަނގަޅުކަމަށް މައުސޫމް ވިދާޅުވިއެވެ.
މަލާމާތުގެ ރާގެއްގައި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފަށް ރައްދު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރައްޔިތުން ފޯރުންތެރިވީމާ ވޯޓަށް ނުފޫޒު ފޯރުވަންދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެކަމެއްކަމަށެވެ.
"ޒިންމާދާރުކަމާއެކީ ރަށްރަށުގަ އެކަންކުރާތާ 10 އަހަރުވެއްޖެ. ނަތީޖާ ރަނގަޅު!" ޑރ. މައުސޫމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ހޯމްސްޓޭއާ ދެކޮޅުކަމަށް މައުސޫމް ވިދާޅުވިނަމަވެސް، އިދިކޮޅު ފަރާތްތަކުން ސީދާ އެމޭރުމަކުން ބުނެފައެއް ނުވެއެވެ. އަދި އެކަމާ ދެކޮޅު ކަމަކަށް އާދަމް ޝަރީފުވެސް ވިދާޅުވެފައެއް ނުވެއެވެ. ހޯމްސްޓޭއާ މެދު ކަންބޮޑުވާ ގިނަ ފަރާތްތަކުން ގޮވާލަމުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން އެކަން ކުރުމަށެވެ. މިގޮތުން ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް މިވާހަކަ ދައްކަވާފައިވަނީ މާލެ އަތޮޅު މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް ބުނެ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރަށްވައެވެ.
މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި އެއްބަސްވުމާއި ހިލާފު އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ.

ކުދިކުދިހޮޓެލް ހިންގުމާ #ހޯމްސްޓޭ އާ ދާދި އެއްވައްތަރު.
— Abdulla Mausoom (@Mausoom_Maus) November 5, 2021
ޒިންމާދާރުކަމާއެކީ ރަށްރަށުގަ އެކަންކުރާތާ 10 އަހަރުވެއްޖެ. ނަތީޖާ ރަނގަޅު! ރައްޔިތުން ފޯރުންތެރިވީމަ ވޯޓަށް ނުފޫޒު ފޯރުވަންދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެކަމެއް!https://t.co/ZNHZGAsbd8
"ޒިންމާދާރުކަމާއެކީ ރަށްރަށުގަ އެކަންކުރާތާ 10 އަހަރުވެއްޖެ. ނަތީޖާ ރަނގަޅު!" ޑރ. މައުސޫމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ހޯމްސްޓޭއާ ދެކޮޅުކަމަށް މައުސޫމް ވިދާޅުވިނަމަވެސް، އިދިކޮޅު ފަރާތްތަކުން ސީދާ އެމޭރުމަކުން ބުނެފައެއް ނުވެއެވެ. އަދި އެކަމާ ދެކޮޅު ކަމަކަށް އާދަމް ޝަރީފުވެސް ވިދާޅުވެފައެއް ނުވެއެވެ. ހޯމްސްޓޭއާ މެދު ކަންބޮޑުވާ ގިނަ ފަރާތްތަކުން ގޮވާލަމުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން އެކަން ކުރުމަށެވެ. މިގޮތުން ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް މިވާހަކަ ދައްކަވާފައިވަނީ މާލެ އަތޮޅު މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް ބުނެ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރަށްވައެވެ.
މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި އެއްބަސްވުމާއި ހިލާފު އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު