ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއްކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
އިސްލާހުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެއް ކަމަށެވެ. ހަމައެއާއެކު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އެ ގަވާއިދުގައި ބަޔާންކޮށްފައެވެ. މީގެ އިތުުރުން އެ ގަވާއިދުގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ގަވާއިދުގައި ހިމަނާފައެވެ.
މިކަމާއި ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު މުހްތާޒް މުހްސިން ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްވެސް ގަވާއިދަކުން ހަނިކުރެވިގެންނުވާނެކަމަށެވެ. އެއީ ޑިމޮކްރަޓިކް މުޖުތަމައުތައް ބަލައިގަންނަ ކަމެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސިވިލް ސަރވަންޓުންގެ ހައްގުތަކަށް އަރައިގަތުމުގެ ސަގާފަތާ ދުރުވުން ބުއްދިވެރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައެއް އެހެން ގާނޫނީ ވަކީލުން ވެސް ވިދާޅުވީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ އެއްވެސް އަސާސީ ހައްގެއް ހަނި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި އެއްވެސް އިދާރާއެއްގެ ގަވާއިދެއް މެދުވެރިކޮށް އެކަން ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް މިކަމުގައި ޚިޔާލު ކުރަށްވަމުން ގެންދަވާ ވަކީލުން ވިދާޅުވެއެވެ.
ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނައިނަމަވެސް، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނަނީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީން ލިބިދޭ މި ހައްގު އިދާރާއަކުން ހަދާ އާދައިގެ ގަވާއިދަކުން ހަނި ނުކުރެވޭނެކަން ސާފުކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްވެސް ގަވާއިދަކުން ހަނިކުރެވިގެންނުވާނެ. އެއީ ޑިމޮކްރަޓިކް މުޖުތަމައުތައް ބަލައިގަންނަ ކަމެއްނޫން. ސިވިލް ސަރވަންޓުންގެ ހައްގުތަކަށް އަރައިގަރުމުގެ ސަގާފަތާ ދުރުވުން ބުއްދިވެރި.
— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) November 5, 2021
ބައެއް އެހެން ގާނޫނީ ވަކީލުން ވެސް ވިދާޅުވީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ އެއްވެސް އަސާސީ ހައްގެއް ހަނި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި އެއްވެސް އިދާރާއެއްގެ ގަވާއިދެއް މެދުވެރިކޮށް އެކަން ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް މިކަމުގައި ޚިޔާލު ކުރަށްވަމުން ގެންދަވާ ވަކީލުން ވިދާޅުވެއެވެ.
ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނައިނަމަވެސް، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނަނީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީން ލިބިދޭ މި ހައްގު އިދާރާއަކުން ހަދާ އާދައިގެ ގަވާއިދަކުން ހަނި ނުކުރެވޭނެކަން ސާފުކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު