ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވެފައި މިވަނީ ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅިގެނެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވައްޑެ ވިދާޅުވީ މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެއްކަމަށެވެ.
ވައްޑެ ވިދާޅުވީ އެކި ބަހަނާ ދައްކައިގެން ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަންނަން އުޅުމަކީ އޭރުވެސް މިހާރުވެސް ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ.
"މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެއް. އެކި ބަހަނާ ދައްކައިގެން މި ހައްގު ނިގުޅައިގަންނަން އުޅުމަކީ އޭރުވެސް މިހާރުވެސް ބަލައިގަނެވޭނެކަމެއް ނޫން." ވައްޑެ ވިދާޅުވިއެވެ.
އިސްލާހުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެއް ކަމަށެވެ. ހަމައެއާއެކު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އެ ގަވާއިދުގައި ބަޔާންކޮށްފައެވެ. މީގެ އިތުުރުން އެ ގަވާއިދުގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ގަވާއިދުގައި ހިމަނާފައެވެ.
މިކަމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ އިއްޔެ ގެޒެޓްކުރި އިސްލާހާއި ގުޅިގެން ނޫން ކަަމަށެވެ. އަދި ސިވިލް ސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން އެގޮތަށް ބަޔާން ކޮށްފަައިވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. އަދި މި ބަދަލު ސިވިލް ސާވިސް ގަވާއިދަށް 2015 ވަނަ އަހަރުގެނެވި އެކަން އާއްމުކޮށްފައިވާކަމަށްވެސް އެކޮމިޝަނުން މިއަދު ހާމަކޮށްފައި ވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މިހެން ބުނިނަމަވެސް، ސިޔާސީ ވާހަކަ ދެއްކުން ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އަދި ސިޔާސީ ބަހުސް ކުރުން ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅީ އިއްޔެ ސިވިލް ސަރވިސް ކޮމިޝަނުން ގެޒެޓްކުރި ގަވާއިދުގައެވެ.

ކިޔުންތެރިންގެ ހިޔާލު