ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުން ހޭވި "ހަޑި" ސާފުނުކޮށް 2023 ވަނަ އަހަރު ރައްޔިތުންގެ ގާތަށް ވޯޓް ހޯދުމަށް ނައުމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރަައީސް ޑރ. މުހަންމަދު އިޔާޒް ގޮވާލައްވައިފިއެެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ، ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން ފާޑު ކިޔުން އަމާޒުވުމުން އެއީ ކުރީގެ ސަރުކާރުން ގެނެސްފައިވާ އިސްލާހެއް ކަމެެއް ބުނެ އެކަމުގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި ސިވިލް ސާރވިސް ކޮމިޝަނުން އެޅުވުމާއި ގުޅިގެންނެވެ.
އެކަމަށް އިޝާރަތް ކުރައްވަމުން ރައީސް ސާލިޙުގެ ސަރުކާރު ވެރިކަމަށް ގެނައުމުގައި އަދާލަތު ޕާޓީގެ ފަރާތުން މަސައްކަތް ކުރެއްވި ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކުރީގެ ސަރުކާރުން ހޭވި "ހަޑި" ސާފުކޮށް ރަނގަޅު ކުރުމަށް ކަމަށެވެ.
"ވީމާ ކުރީގެ ސަރުކާރުން ކުރި ކަމެކޭ ކިޔާފައި މިކަހަލަ "ހަޑި" ސާފުނުކޮށް 2023 ވަނަ އަހަރުގައި ވޯޓް ހޯދަން ނުނިކުންނާތި." ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދިނުމަށް ތާއިދު ކުރަށްވާ ޑރ. އިޔާޒް ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ އިއްޔެ ގެޒެޓްކުރި އިސްލާހާއި ގުޅިގެން ނޫން ކަަމަށެވެ. އަދި ސިވިލް ސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން އެގޮތަށް ބަޔާން ކޮށްފަައިވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. އަދި މި ބަދަލު ސިވިލް ސާވިސް ގަވާއިދަށް 2015 ވަނަ އަހަރުގެނެވި އެކަން އާއްމުކޮށްފައިވާކަމަށްވެސް އެކޮމިޝަނުން މިއަދު ހާމަކޮށްފައި ވެއެވެ.
ސިވިލް ސާރވިސް ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާއި ޚިލާފު އިސްލާހެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ވިދާޅުވެފައެވެ.

Mi sarukaaru aee kuree sarukaarun haavaafai huri hadi saafukoh ragalhu kuran. Veema kuree sarukaarun kuri kamekey kiyaafai mi kahala hadi saafu nukoh 2023 gai vote hoadhan nunikunnaathi.
— Dr.Mohamed Iyaz (@dr_iyaz) November 5, 2021
"ވީމާ ކުރީގެ ސަރުކާރުން ކުރި ކަމެކޭ ކިޔާފައި މިކަހަލަ "ހަޑި" ސާފުނުކޮށް 2023 ވަނަ އަހަރުގައި ވޯޓް ހޯދަން ނުނިކުންނާތި." ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދިނުމަށް ތާއިދު ކުރަށްވާ ޑރ. އިޔާޒް ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ އިއްޔެ ގެޒެޓްކުރި އިސްލާހާއި ގުޅިގެން ނޫން ކަަމަށެވެ. އަދި ސިވިލް ސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން އެގޮތަށް ބަޔާން ކޮށްފަައިވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. އަދި މި ބަދަލު ސިވިލް ސާވިސް ގަވާއިދަށް 2015 ވަނަ އަހަރުގެނެވި އެކަން އާއްމުކޮށްފައިވާކަމަށްވެސް އެކޮމިޝަނުން މިއަދު ހާމަކޮށްފައި ވެއެވެ.
ސިވިލް ސާރވިސް ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާއި ޚިލާފު އިސްލާހެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު