ކައުންސިލަށް ނޭނގި ކުޑަހުވަދޫން ރުއްތަކެއް ބޭރުކުރަންއުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދ. ކުޑަހުވަދޫ ކައުންސިލް މެންބަރު އަޙްމަދު މައުރޫފް ވިދާޅުވީ ޤަވާއިދާ ޚިލާފަށް އެރަށުން ރުއްތަކެއް ބޭރުކުރަން ރާވަމުންދާ ކަމަށާއި އަދި އެކަމަށް ބޭނުންވާ ހުއްދަތައް ނަގަން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މިކަން ހުއްޓުވައި ދެއްވުމަށާއި ރަށުން ރުއްތައް ބޭރުކުރަން ހުއްދަ ނުދެއްވުމަށް އޭނާ ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލަށްވާފައެވެ.
ކުޑަހުވަދޫ ޖުވެނައިލް ރެސިޑެންސް ހެދުމަށް ބިން ސާފުކޮށް އެތާހުރި ރުއްތައް ކައުންސިލްގެ މަޝްވަރާ އެއް ނިންމުމެއްނެތި ކައުންސިލްގެ ރައީސް އެކަނި ސޮއިކޮށް ރަށުން ބޭރު ކުރުމަށް ޕިކަޕްގައި ގެންދަނިކޮށް ކައުންސިލް މެންބަރުންނަށް ފެނިގެން އެކަން ހުއްޓުވީ އިއްޔެއެވެ.
"ރަށުގައި ހުރި ރުއްތައް ކައުންސިލް ރައީސް އަމިއްލައަށް ބޭރުކޮށް ވިއްކުމަކީ ދެރަކަމެއް." ކައުންސިލް މެންބަރު އަޙްމަދު މަޢުރޫފް ވިދާޅުވެފައިވެއެވެ.
މަޢުރޫފް ވިދާޅުވީ އަދިވެސް ލޮރީ އޮތީ އިއްޔެހުއްޓުވާފައި ބޭއްވި ގޮތަށް ހަމަ އެތަނުގައި ކަމަށާއި ލޯރީއަށް ނޭރުވިފައި ހުރި ރުއްތައްވެސް ހުރީ ހުރިގޮތަށް ކަމަށެވެ. އަދި އެއްވެސް ރުކެއް އިންދަން ނޫޅޭ ކަމަށާއި ހުއްދަތައް ހޯދައި ބޭރުކުރަން ބަހަށްޓާފައި ހުރީކަމަށް މަޢުރޫފް އިތުރަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުން ރުއްގަސް ކެޑުމާއި ގުޅޭ ސިޔާސަތާއި އުސޫލުތައް ހާމަކޮށް އީޕީއޭއިން ބުނެފައިވަނީ ހަމައެކަނި ކައުންސިލްގެ ހުއްދައަށް ރިޢާޔަތްކޮށް ޤަވާއިދާ ޚިލާފަށް ގިނަ ފަރާތްތަކަކުން ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދާކަން ފާހަގަކުރެެވިފައިވާކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ޤަވާއިދު" ގެ ދަށުން މިކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެންކަމަށް އީޕީއޭ އިން ބުނެއެވެ.

އަދިވެސް ލޮރީ އޮތީ އިއްޔެހުއްޓުވާފައި ބޭއްވި ގޮތަށް ހަމަ އެތަނުގައި ލޯރީއަށް ނޭރުވިފައި ހުރި ރުއްތަށް ހުރީ ހުރިގޮތަށް. އެއްވެސް އެއްޗެއް އިންދާކަށް ނޫޅޭ. އަޅުގަނޑަށް ވަރަށް މުހުތަބަރުކޮށް މައުލޫމާތު ލިބެނީ ހުއްދަތައް ހޯދި ބޭރުކުރަން ބަހަށްޓާފައި ހުރިކަން. މިކަން ހުއްޓުވައިދެއްވާ. pic.twitter.com/DEAQIdl4Yc
— Ahmed Mauroof (@kudeyMDP) November 6, 2021
މަޢުރޫފް ވިދާޅުވީ އަދިވެސް ލޮރީ އޮތީ އިއްޔެހުއްޓުވާފައި ބޭއްވި ގޮތަށް ހަމަ އެތަނުގައި ކަމަށާއި ލޯރީއަށް ނޭރުވިފައި ހުރި ރުއްތައްވެސް ހުރީ ހުރިގޮތަށް ކަމަށެވެ. އަދި އެއްވެސް ރުކެއް އިންދަން ނޫޅޭ ކަމަށާއި ހުއްދަތައް ހޯދައި ބޭރުކުރަން ބަހަށްޓާފައި ހުރީކަމަށް މަޢުރޫފް އިތުރަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުން ރުއްގަސް ކެޑުމާއި ގުޅޭ ސިޔާސަތާއި އުސޫލުތައް ހާމަކޮށް އީޕީއޭއިން ބުނެފައިވަނީ ހަމައެކަނި ކައުންސިލްގެ ހުއްދައަށް ރިޢާޔަތްކޮށް ޤަވާއިދާ ޚިލާފަށް ގިނަ ފަރާތްތަކަކުން ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދާކަން ފާހަގަކުރެެވިފައިވާކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ޤަވާއިދު" ގެ ދަށުން މިކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެންކަމަށް އީޕީއޭ އިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު