ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ގެނައި އިސްލާހަކީ މުހިންމު ބަދަލެެއް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ގަވާއިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އެ ގަވާއިދަށް ގެނައި އިސްލާހު ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ. އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވާން ފެށުމުން ސިވިލް ސާރވިސް ކޮމިޝަނުން ބުނީ، އެއިީ ކުރީގެ ސަރުކާރުން ގެނައި އިސްލާހެއް ކަމަށެވެ.

ބޮޑު ބަހުސަކަށް ވެފައިވާ މިމައްސަލައިގައި ޚިޔާލުފާޅުކުރަށްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އިކްރާމް ހުސައިން ވިދާޅުވީ 2015 ވަނަ އަހަރު ޕީޕިއެމްގެ ސަރުކާރުގައި ގާނޫނަށް ގެނައި ބަދަލަކީ ފެންވަރު ރަނގަޅު ސިވިލް ސާވިސް ޚިދުމަތެއް ދިނުމަށް މުހިންމު ބަދަލެއް ކަމަށެވެ.



"ސިޔާސީ ވެރިންގެ ވިސްނުމަށް ހިގާ ސަރުކާރެއްގައި ޚިދުމަތުގެ ފަށަލައިގައި އެކި ސިޔާސީ ވިސްނުން ގެންގުޅެމުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫއަރާނެ" އިކްރާމް ވިދާޅުވިއެެވެ.



ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްްގައި ބުނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ އިއްޔެ ގެޒެޓްކުރި އިސްލާހާއި ގުޅިގެން ނޫން ކަަމަށެވެ. އެ އިސްލާހު ގެނައީ ސިވިލް ސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން އެގޮތަށް ބަޔާން ކޮށްފަައިވާތީ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. އަދި މި ބަދަލު ސިވިލް ސާވިސް ގަވާއިދަށް 2015 ވަނަ އަހަރުގެނެސް އެކަން އާއްމުކޮށްފައިވާކަމަށްވެސް އެކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

ނަމަވެސް ސަރުކާރަށް ތިން އަހަރުވެގެންދާއިރު މި ސަރުކާރުގެ ސިޔާސަތާ ނުގުޅޭ އެފަދަ ނުކުތާއެއް އިސްލާހު ނުކޮށް ގަވާޢިދު އިސްލާހުކޮށް ގެޒެޓްކޮށް އެއަށް އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


12

ރައްޔިތުން

08-Nov-2021

"ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ" މިހެން މި އޮތީ ވީމާ ރަސްމީ މަސަައްކަތު ނޫޅޭވަގުތު އެއޮތީ ސިޔާސީ ކަންކަން ފުޅާކޮށް ކުރެވޭގޮތަށް .