ކުށްތައް ހިނގުމުގެ ނިޒާމާއި އުސޫލުތަކަށް ބަލާއިރު ރާއްޖެ މިއޮތީ އަދިވެސް ރައްކާތެރިކޮށް ސަލާމަތްތެރިކޮށްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެެއްޖެއެެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ 2021 ވަނަ އަހަރާ ހަމައަށް އައިއިރު ކުށްތައް ހިނގުމުގެ ނިޒާމާއި އުސޫލުތަކަށް ބަލާއިރު ރާއްޖެ މިއޮތީ އަދިވެސް ރައްކާތެރިކޮށް ސަލާމަތްތެރިކޮށްކަމަށެވެ.
އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށްވެސް ބަދަލުތަކެއް އަންނަމުންދާ ކަމާއި ހާއްސަކޮށް މަސްތުވާތަކެއްޗާއި އެތަކެތީގެ ނަތީޖާއެއްގެ ގޮތުން ދެން އުފެދިގެންދާ އެހެނިހެން ކަންކަން ފެތުރިގެން ދިއުން އެއީ މިއަދު އެންމެންނަށްވެސް އެންމެ ތަކުލީފު ބޮޑުވެފައިވާ ކަންތައްކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރަށްރަށުގައި ފުލުހުން ގާއިމުކުރުން އެއީ އެފަދަ ކަންކަމުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާނެ ކަމެއްކަަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ފުލުހުންގެ ލީޑަރޝިޕުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، އެގޮތުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން އެކުވެރިކޮށް މަސައްކަތްކުރުމުގެ ވިސްނުމުގައި ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އަވައްޓެރި ފުލުހުންގެ ފަލްސަފާއަކީ އޭގެ ތެރެއިން، ރައްޔިތުންނާ ކޮންމެ ދުވަހަކު ދިމާވާ ކަންކަން ރައްޔިތުންނާ އެކުގައި ތިބެގެން މަޝްވަރާ ކުރެވިގެން، ހާއްސަކޮށް މުއައްސަސާތަކާ އެކުގައި ވަކިކަހަލަ ޓީމްތަކާއި ގުރޫޕުތައް ހެދިގެން ދެވިގެންދާނެ ހިދުމަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓަކީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގައިވާ ކަންކަން ހާސިލުކޮށް އަމާޒަށް ވާސިލުވުމަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށެވެ. އަދި 2019 ވަނަ އަހަރު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ކަނޑައެޅި އިރު އިސްކަންދޭނެ ހަ ކަމެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ދެމުން ގެންދާ އަދި ކުރިއަށް އޮތް ތަނުގައި ދޭންފަށާނެ ހިދުމަތްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
އަދި އުނގޫފާރު ފުލުހުން ހުޅުދުއްފާރަށް އައިސް ރައްޔިތުންނަށް ދެމުން އައި ހިދުމަތް މިއަދު ހުޅުވުނު ޕޮލިސް ޕޯސްޓާއެކު ނިމުމަކަށް އައިސްފައިވާ ކަމާއި މިއަދުން ފެށިގެން ހުޅުދުއްފާރުގެ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނީ ރައްޔިތުންނާ ވަރަށް ގާތުން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ އެއްބާރުލުމާއެކު ގާނޫނުތައް ނަގަހައްޓައި ފުލުހުންގެ ހިދުމަތް ފޯރުވައިދިނުން އެއީ މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން ވަރަށް އިސްކަމެއްދޭންޖެހޭ ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެެ. އަދި ރައްޔިތުންނާއި މުއައްސަތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް ރ. އަތޮޅު ފުލުހުންގެ ކިބައިން އެދިވަޑައިގެން އެކަމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން ހުޅުދުއްފާރުގައި ފުލުހުން ތިބިކަމުގެ އިހުސާސް ކޮންމެ ދުވަހަކުމެ ރައްޔިތުންނަށް ކުރާނެފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެެ. އަދި ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި އަތުގުޅާލައިގެން މަސައްކަތް ކޮށްދިނުމަށް ރަށުގެ ރައްޔިތުންގެ ކިބައިން ސީޕީ ވަނީ އެދިވަޑައިގެންފައެވެ.
ސީޕީ ވިދާޅުވީ ކުށްމަދު ކުރުމާއި މުޖުތަމައުގެ އަމާންކަން ގާއިމުކޮށް ރައްކާތެރިކަން ދެމެހެއްޓުމަކީ ހަމައެކަނި ފުލުހުންގެ މަސައްކަތުން ވާނެކަމެއް ނޫންކަމާއި އެއީ ފަރުދީ ހައިސިއްޔަތުންވެސް އަދި ޖަމާއަތެއްގެ ގޮތުގައިވެސް އެންމެން ގުޅިގެން އަދާކުރަންޖެހޭ ޒިންމާއަކާއި މަސްއޫލިއްޔަތެއްކަމަށެވެ.

Minister of Home Affairs @ShimranAb and Commissioner of Police @M_Hameedh concludes the four-day official trip to northern atolls after the inauguration of Police Post in R. Hulhudhuffaaru. pic.twitter.com/92QfZaNe15
— Maldives Police (@PoliceMv) November 6, 2021
މީގެ އިތުރުން އިމްރާން ވިދާޅުވީ ފުލުހުންގެ ލީޑަރޝިޕުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، އެގޮތުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން އެކުވެރިކޮށް މަސައްކަތްކުރުމުގެ ވިސްނުމުގައި ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އަވައްޓެރި ފުލުހުންގެ ފަލްސަފާއަކީ އޭގެ ތެރެއިން، ރައްޔިތުންނާ ކޮންމެ ދުވަހަކު ދިމާވާ ކަންކަން ރައްޔިތުންނާ އެކުގައި ތިބެގެން މަޝްވަރާ ކުރެވިގެން، ހާއްސަކޮށް މުއައްސަސާތަކާ އެކުގައި ވަކިކަހަލަ ޓީމްތަކާއި ގުރޫޕުތައް ހެދިގެން ދެވިގެންދާނެ ހިދުމަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓަކީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގައިވާ ކަންކަން ހާސިލުކޮށް އަމާޒަށް ވާސިލުވުމަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށެވެ. އަދި 2019 ވަނަ އަހަރު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ކަނޑައެޅި އިރު އިސްކަންދޭނެ ހަ ކަމެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ދެމުން ގެންދާ އަދި ކުރިއަށް އޮތް ތަނުގައި ދޭންފަށާނެ ހިދުމަތްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
އަދި އުނގޫފާރު ފުލުހުން ހުޅުދުއްފާރަށް އައިސް ރައްޔިތުންނަށް ދެމުން އައި ހިދުމަތް މިއަދު ހުޅުވުނު ޕޮލިސް ޕޯސްޓާއެކު ނިމުމަކަށް އައިސްފައިވާ ކަމާއި މިއަދުން ފެށިގެން ހުޅުދުއްފާރުގެ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނީ ރައްޔިތުންނާ ވަރަށް ގާތުން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ އެއްބާރުލުމާއެކު ގާނޫނުތައް ނަގަހައްޓައި ފުލުހުންގެ ހިދުމަތް ފޯރުވައިދިނުން އެއީ މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން ވަރަށް އިސްކަމެއްދޭންޖެހޭ ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެެ. އަދި ރައްޔިތުންނާއި މުއައްސަތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް ރ. އަތޮޅު ފުލުހުންގެ ކިބައިން އެދިވަޑައިގެން އެކަމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން ހުޅުދުއްފާރުގައި ފުލުހުން ތިބިކަމުގެ އިހުސާސް ކޮންމެ ދުވަހަކުމެ ރައްޔިތުންނަށް ކުރާނެފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެެ. އަދި ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި އަތުގުޅާލައިގެން މަސައްކަތް ކޮށްދިނުމަށް ރަށުގެ ރައްޔިތުންގެ ކިބައިން ސީޕީ ވަނީ އެދިވަޑައިގެންފައެވެ.
ސީޕީ ވިދާޅުވީ ކުށްމަދު ކުރުމާއި މުޖުތަމައުގެ އަމާންކަން ގާއިމުކޮށް ރައްކާތެރިކަން ދެމެހެއްޓުމަކީ ހަމައެކަނި ފުލުހުންގެ މަސައްކަތުން ވާނެކަމެއް ނޫންކަމާއި އެއީ ފަރުދީ ހައިސިއްޔަތުންވެސް އަދި ޖަމާއަތެއްގެ ގޮތުގައިވެސް އެންމެން ގުޅިގެން އަދާކުރަންޖެހޭ ޒިންމާއަކާއި މަސްއޫލިއްޔަތެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު