ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރާއިރު އަޅުގަޑުމެންގެ ޢަޒުމަކަށްވާންވީ ތިމާގެ ޖާނާއި މާލުން ދީނުގެ ދިފާޢުގައި ތެދުވުންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން މީސްމީޑިއާގައި ޚިޔާލުފާޅުކުރަށްވަމުން ޑރ. އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ޝަރްޢުކުރައްވާފައިވާ ކަމެއް ނެތްކަމެއްގެ ގޮތުގައި ބުނެވޭހިނދު, އަދި ދީނަށް ފުރައްސާރަ ކުރެވޭ ހިނދު, އަދި ދީނާއި ދެކޮޅު ޢަމަލުތައް ހިންގޭ އިރެއްގައި އެކަމާ އަޅާ ނުލާ ހަނު ހުރުމަކީ މުސްލިމަކަށް ހުއްދަވެގެންވާނެ ކަމެއް ނޫންކަން ދަންނަން ޖެހޭކަމަށެވެ.
އިޔާޒު ވިދާޅުވީ ރާއްޖެ އިސްލާމްވިދުވަސް ފާހަގަ ކުރާއިރު އަޅުގަޑުމެންގެ ޢަޒުމަކަށްވާންވީ ތިމާގެ ޖާނާއި މާލުން ދީނުގެ ދިފާޢުގައި ތެދުވުންކަމަށެވެ. އަދި ދީނުގެ ޢަދާވާތްތެރިންގެ ނުރައްކާތެރި ރޭވުންތަކާއިމެދު ފަރުވާތެރިވާންޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
"ރާއްޖެ އިސްލާމްވީއްސުރެ މިއަދާއި ހަމައަށްވެސް الله ގެ ރަޙްމަތާއެކު އެގޮތުގައި އެބައޮތް." އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ މިކަން މިގޮތަށް ދެމި އޮތުމުގައި الله ގެ ރަޙްމަތަށްފަހު ދިވެހި އަބްޠާލުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރަންެޖެހޭކަމަށެވެ. އެހެންކަމުން, އަންނަން އޮތް ޖީލުތަކާއި ހަމައަށް މިގޮތުގައި މިދީބު ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ މަަސްއޫލިއްޔަތެއްކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

އިސްލާމްދީނުގައި ޝަރްޢުކުރައްވާފައިވާ ކަމެއް ނެތްކަމެއްގެ ގޮތުގައި ބުނެވޭހިނދު, އަދި ދީނަށް ފުރައްސާރަ ކުރެވޭ ހިނދު, އަދި ދީނާއި ދެކޮޅު ޢަމަލުތައް ހިންގޭ އިރެއްގައި އެކަމާ އަޅާ ނުލާ ހަނު ހުރުމަކީ މުސްލިމަކަށް ހުއްދަވެގެންވާނެ ކަމެއް ނޫންކަން ދަންނަން ޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) November 7, 2021
އިޔާޒު ވިދާޅުވީ ރާއްޖެ އިސްލާމްވިދުވަސް ފާހަގަ ކުރާއިރު އަޅުގަޑުމެންގެ ޢަޒުމަކަށްވާންވީ ތިމާގެ ޖާނާއި މާލުން ދީނުގެ ދިފާޢުގައި ތެދުވުންކަމަށެވެ. އަދި ދީނުގެ ޢަދާވާތްތެރިންގެ ނުރައްކާތެރި ރޭވުންތަކާއިމެދު ފަރުވާތެރިވާންޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
"ރާއްޖެ އިސްލާމްވީއްސުރެ މިއަދާއި ހަމައަށްވެސް الله ގެ ރަޙްމަތާއެކު އެގޮތުގައި އެބައޮތް." އިޔާޒު ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވިދުވަސް ފާހަގަ ކުރާއިރު އަޅުގަޑުމެންގެ ޢަޒުމަކަށްވާންވީ ތިމާގެ ޖާނާއި މާލުން ދީނުގެ ދިފާޢުގައި ތެދުވުން.ދީނުގެ ޢަދާވާތްތެރިންގެ ނުރައްކާތެރި ރޭވުންތަކާއިމެދު ފަރުވާތެރިވުން. ރާއްޖެ އިސްލާމްވީއްސުރެ މިއަދާއި ހަމައަށްވެސް الله ގެ ރަޙްމަތާއި އެކު އެގޮތުގައި އެބައޮތް.
— Dr.Mohamed Iyaz (@dr_iyaz) November 7, 2021
އިޔާޒު ވިދާޅުވީ މިކަން މިގޮތަށް ދެމި އޮތުމުގައި الله ގެ ރަޙްމަތަށްފަހު ދިވެހި އަބްޠާލުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރަންެޖެހޭކަމަށެވެ. އެހެންކަމުން, އަންނަން އޮތް ޖީލުތަކާއި ހަމައަށް މިގޮތުގައި މިދީބު ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ މަަސްއޫލިއްޔަތެއްކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު