އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތާ މެދުގައި ހޭލުންތެރިވެ ތިބެ އެކަމާ ދެކޮޅަށް އަބަދުވެސް ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވިސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން ގޮވާލައިފިއެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަން އެމްއާރުއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްއާރުއެމުން ބުނީ އަޅުގަނޑުމެންގެ މެދުގައި މިއޮތް އަހުވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ފޮނުއްވި މެސެޖުގައި އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނަކީ އިންސާނީ އުޚުއްވަތްތެރިކަމަށާއި އެއްވެސް ތަފާތުކުރުމެއްނެތި އެންމެންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ގޮވާލާ މަތިވެރިދީން ކަމަށެވެ.
ދިވެހިން އިސްލާމް ދީން ގަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައި ވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަހުއެވެ. އޭގެފަހުން ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަޣްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.

އިސްލާމްދީނަކީ އިންސާނީ އުޚުއްވަތްތެރިކަމަށާއި އެއްވެސް ތަފާތުކުރުމެއްނެތި އެންމެންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ގޮވާލާ މަތިވެރިދީން. މިމާތްދީން ދިވެހިންބަލައިގަތް ތާރީޚީދުވަހުގެ ޒިކުރާގައި ލޮބުވެތި އެންމެހާ ދިވެހިރައްޔިތުންނަށް ތަހުނިޔާ ދަންނަވަން.
— Maumoon Abdul Gayoom (@maumoonagayoom) November 6, 2021
ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ފޮނުއްވި މެސެޖުގައި އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނަކީ އިންސާނީ އުޚުއްވަތްތެރިކަމަށާއި އެއްވެސް ތަފާތުކުރުމެއްނެތި އެންމެންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ގޮވާލާ މަތިވެރިދީން ކަމަށެވެ.
ދިވެހިން އިސްލާމް ދީން ގަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައި ވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަހުއެވެ. އޭގެފަހުން ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަޣްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.
ކިޔުންތެރިންގެ ހިޔާލު