އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި މަޝްހޫރު ވިޔަފާރުވެރިޔާ މުހައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެެވެ.
އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިކުރީ އޭނާގެ އަމިއްލަ ވިޔަފާރި ކުންފުނި، އޮންދިގޯގައި މަސައްކަތް ކުރި އަންހެން މުވައްޒަފެކެވެ. ޖުނައިދަކީ އެކުންފުނީ ވެރިޔާ އަދި ޗެއާމަނެވެ. ފުލުހުންގެ އިދާރާއިން ބުނީ އޮންދިގޯގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ޖުނައިދަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް އޮންދިގޯގައި މަސައްކަތްކުރި އަންހެން މުވައްޒަފު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ވަޒީފާގެ މާހައުލުގައި އޭނާއަށް ޖުނައިދުގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ފުރައްސާރައާ ޖިންސީ ގޯނާއާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެކަންތައް ބޮޑުވެ، ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް އެ އަންހެން މުވައްޒަފު ބުނެފައިވެއެވެ.
މީގެ އިތުރުން އޮފީހުގެ ރަސްމީ ގަޑީގައި، ކެމެރާ ނެތް ތަނަކަށް ގެންގޮސްގެން ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ވެސް ބައެއް މުވައްޒަފުން ވަނީ ކޮށްފަ އެވެ. އެހެން ނަމަވެސް ޖުނައިދުގެ މައްޗަށް މުވައްޒަފުން ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. ކުރީގެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި ޖުނައިދު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް އެ މުވައްޒަފު "އަމިއްލަ އަށް" ހެދީ ވަޒީފާއަށް ނުނުކުމެ އޮޅުވާލި މައްސަލައެއް ބަލަން އުޅުމުން ކަމަށް ވެސް ޖުނައިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު