މީހުންގެ މައުލޫމާތު ޔަގީންކުރެވޭ ފިންގަޕްރިންޓާއި ގުޅޭ ޑޭޓާ ބޭހެއް ގާއިމުކުރުމަށާއި ޑިޖިޓަލް އޭޖެންސީއެއް ގާއިމުކުރުމަށް ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ އިންފޮމޭޝަން، ޓެކްނޮލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި ރާއްޖެ އޮތް ހާލަތު ދެނެގަންނަަން ހެދި ދިރާސާއަށްފަހު އެކުލަވާލި ރިޕޯޓުގައެވެ.
މިއީ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަންގެ އެދިވަޑައިގަތުމަކާ ގުޅިގެން ހެދި އެސެސްމަންޓެކެވެ.
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން އައިސީޓީގެ ރޮނގުން މަސައްކަތްތައް ކުރެވެމުންދަނީ ގައުމަށް އެންމެ ފައިދާހުރި ގޮތެއްގައި ނޫން ކަމަށާއި އެ ދާއިރާ ރަނގަޅުކުރަން ގިނަ ކަންތައްތަކެއް ކުރެވޭނެކަމަށެވެ. އެގޮތުން ހިދުމަތްތައް ހޯދާއިރު އައިޑީ ކާޑު ހުށަހަޅަން ޖެހުމާއި އަދި އެ ކާޑުގެ ކޮޕީގެ ބަދަލުގައި ބަޔޮމެޓްރިކް ނިޒާމަކަށް ބަދަލުކުރެވިދާނެކަމަށްވެސް ރިޕޯޓްގައިވެއެވެ. އެހެންކަމުން ހިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކޮށް އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ ގޮތަށް އޮންނަ ސެންޓްރަލް ޑޭޓާ ބޭސް ނިޒާމެއް ގާއިމުކުރުމަށް ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅައިފައިވެއެވެ.
އިމްޕްލިމެންޓޭޝަން ޕްލޭން ހެދުމާއި ގުޅޭގޮތުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި، އައި.ސީ.ޓީ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޯލޮޖީ އޮފިސަރާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އަދި ކަމާގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އިންފޮމޭޝަން، ޓެކްނޯލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގެ އިމްޕްލިމެންޓޭޝަން ޕްލޭނެއް ހެދުމަށްވެސް ކޮމެޓީން ވަނީ ހުށަހަޅާފައެވެ.
މިރިޕޯޓް ކޮމެޓީން ފާސްކޮށްފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު