ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ހިދާޔަތުކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވީ އަހަރުތަކެއްގެ މުއްދަތެއްގައިކަމަށެވެ. އަދި ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެެރުމަކީ އިސްލާމްދީނުގެ ހިދާޔަތު ލިބުނުކަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.



މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ބަލަނީ ދިވެހި ދައުލަތް، އިސްލާމް ދީން ޤަބޫލުކުރި ދުވަހެވެ. އެދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ އެއްވަނަ ދުވަހުއެވެ. މިއަދު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިން އިސްލާމްދީނުގެ ހިދާޔަތުގައި އުޅޭތާ މިވަނީ 895 އަހަރުވެފައެވެ.

ދިވެހި ދައުލަތް ރަސްމީގޮތުން ޤަބޫލުކުރާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 1374 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އެއަށްފަހު އަލުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފެށީ ހިޖުރީ ސަނަތުން 1421 ވަނަ އަހަރުން ފެށިގެންނެވެ.

ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއްގެ އަތްޕުޅު މައްޗަށެވެ. އަދި ދައުލަތުން ރަސްމީ ގޮތުން ބަލަނީވެސް އެގޮތަށެވެ. ތާރީޚު ބުރަވާގޮތުން އެ ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ.



ކިޔުންތެރިންގެ ހިޔާލު


6

އަބްދޫ

08-Nov-2021

ކަލޭގެ އަމލާ ބަހުންނާއި ސޯސަލް މިޑިޔާގަ ހުރި ނަސިދާ ބެހޭ ވާހަކަތަކުން ރާއްޖެއަށް އިސްލާމްދީން ނޫންދީނެއްގެންނަން ނަސީދު ބޭނުންވާކަންއެގޭ އެމްޑިއެން ގަ ސަހިންދަ ލިޔަނީ ނަސީދު ދިން ލިއުންތަކެއް ތިޒްވާނު މިނިވަން ނުހާއި އައރިސްޓައިމްގަ ލިޔެފަ ހުރީ ނަސިދު ދިންލިއުންތަކެއް އެރލިއުމުންއެގެ މިގައުމުންއިސްލާމްދީން ފޮހެލަން މަސައްކަތް ކުރަނި ނަސީދު ކަން.