މިއަދު ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދިޔައިރު، މިއީ އެއްވެސް ސަރުކާރަކަށް ކުރަން ނުކުރެނު ކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެވެ.
ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ، އެކަމާއި ގުޅޭ ލިޔުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ފައްޔާޒް އިސްމާއީލެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި، ނަމަވެސް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ހައްލުތައް ހޯދާފައިވާކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިއީ އެއްވެސް ސަރުކާރަކަށް ނުކުރެވުނު އަދި ކުރަން ނުކެރުނު ކަމެއްކަމަށެވެ. އަދި މިއަދު އިއުލާން ކުރެވިގެންދާ އަދަދު ތަކަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި، ވިޔަފާރިވެރިންނަށްވެސް ދުރު މުސްތަޤްބަލްގައި ނަފާލިބިގެންދާނެ އަދަދުތަކެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖުގެ ފައިދާ ރާއްޖޭގައި ވަޒީފާ އަދާކުރާ 40 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ މުވައްޒަފުންނަށް ކުރާނެ ކަމަށެވެ. އަދި މިއީ ގާތްގަނޑަކަށް 54 ހާސް މުވައްޒަފުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ 13 ހާސް މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ރަނގަޅު އަސަރު ފެންނާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރިސޯޓް ތަކުގެ މުވައްޒަފުންގެ މެދުގައާއި އެކި ރިޒޯޓް ތަކުގެ މެދުގައި މުސާރައިގެ ތަފާތު ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.
"ރިސޯޓްތަކުގަ ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރި (މުސާރައިގެ). އެކި ރިސޯޓުގަ، އެކި ހިސާބުތަކުގަ، ރިސޯޓް ތެރޭގަ އެކިއެކި ވަޒީފާ ތަކުގެ. އެންމެ ބޮޑުކޮށް ލިބޭ ދިވެހި މުވައްޒަފަކަށް އެބަހުރި ދެލައްކަ ރުފިޔާ މަހަކު ލިބޭ ވަޒީފާ. އަނެއްކޮޅުން އެބަހުރި އެއްހާސް ރުފިޔާ ނުވަތަ ދެހާސް ރުފިޔާ ލިބޭ ވަޒީފާ." ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިހާރު ރިސޯޓުތަކުގެ އެވްރެޖް މުސާރަ ހެދުމުން ހަތް ހާސް ރުފިޔާ ޖެހުނު ނަމަވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮޑު އިންސައްތައެއްގެ އެވްރެޖް މުސާރައަކީ ހަތަރު ހާހާއި ފަސް ހާސްރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ ލ. ގަމުގައި ޖޮބް ސެންޓަރެއް ޤާއިމްކޮށް، އަންނަ އަހަރުތެރޭގައި އަންއެމްޕްލޯއިމްޓް ސްކީމްޤާއިމް ކުރެވޭނެކަމަށެވެ.
މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން މިއަދު ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 4500 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސް ދާއިރާގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ އެންމެ ކުޑަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިވެހިރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ އެރުވުމަށް ކުރަމުން އައި މަސައްކަތްތައް ނިންމައި، އޮކްޓޫބަރުމަހުގެ ކުރީކޮޅު މިނިމަމް ވޭޖާ ގުޅޭގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު