މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަންޖެހިގެން މަރުވިކަމަށް ބުނާ އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ރިޕޯޓުން އޭނާ ނޭވާ ހާސްކޮށްގެން މަރާލިކަމަށް ހާމަވެއްޖެއެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިރިހެން ނަރުހަކާ އިނދެގެން ދަރިއެއްވެސް ހުންނަ މިނަރުސް މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލާގައި މަރުވި އަންހެން ނަރުހުގެ ފިރިމީހާ ހައްޔަރުކޮށް އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ.
ޕޯސްޓްމޯޓަމް ހެދުމަށް މޭރީގެ ހަށިގަނޑު މި މަހުގެ 1ގައި އިންޑިއާއަށް ގެންދިއުމަށް ފަހު އިއްޔެ ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ. މަޢުލޫމާތު ލިބޭ ގޮތުން މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ރިޕޯޓުން އޭނާ ނޭވާ ހާސްކޮށްގެން މަރާލިކަމަށް ވަނީ ދައްކާފައެވެ.
ފުލުހުން ބުނީ މޭރީގެ މަރުގެ މައްސަލައިގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓުން އޭނާ މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ "ބްލަންޓް އިންޖަރީސް" ގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުންވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ފިރިމީހާ މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ވަނީ އޭނާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ހިފަހައްޓާފައެވެ. އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ އެ އަންހެންމީހާ ހުރީ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު