އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާ ޑޯނިއަރ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ޕައިލެޓުންނަށް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ޑޯނިއަރ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބިފައިވަނީ ސިފައިންގެ ދެ އޮފިސަރަކަށެވެ. މި ދެއޮފިސަރުންނަށް ސީޖީ އޭވިއޭޝަން ސްކޮޑްގެ ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެއެވެ.

މިއީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ސިފައިންގެ ބޭކަލުންނަށް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިމަތިންދާބޯޑު ދުއްވަމުންދިޔައީ މަތިންދާބޯޓު ރާއްޖެއަށް ހަދިޔާކުރި އިންޑިއާގެ ސިފައިންނެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ސިފައިންގެ ދެ އޮފިސަރުންނަށް ދުއްވުމުގެ ލައިސަންސް ލިބުމުން މި މަތިންދާބޯޓުތައް ދެން ދުއްވާނީ ހުއްދަލިބުނު ދެ ޕައިލެޓުންނެވެ.

ޑޯނިއަރ މަތިންދާ ބޯޓަކީ ރާއްޖޭގައި ދިމާވާ އެކި ޙާދިސާތަކުގައާއި ސިފައިންގެ އެކި ބޭނުންތަކުގައިވެސް ބޭނުން ކުރަމުންދާ އުޅަދެކެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށްވެސް މި އުޅަދު ބޭނުން ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު