ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ބާރުދިނީ "މޮހޮނަށް އޮޑިދޭހޭން" ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގައި ހިމެނޭ މަޑުއްވަރީއާއި މީދޫ މޮނިޓަރިންއަށް ލީއިރު އެ ދެރަށު ކައުންސިލަށް އެކަން އަންގާފައިނުވާ ކަމަށް ވިދާޅުވެއެވެ.
އެކަމަށް އިޝާރަތް ކުރައްވައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެ ދެރަށް މޮނިޓަރިނަށް ލީކަން މިހާތަނަށްވެސް ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ.
މަޑުއްވަރި މޮނިޓަރިނަށް ލީއިރު އެރަށުގެ 98 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާކަމަށާއި އަދި މީދޫގެ 96 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަންކަން ފާހަގަކުރައްވައި ލާ މަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭންޖެހޭ ބާރުތައް ސަރުކާރުން ދިނީ "މޮހޮނަށް އޮޑިދޭހޭން" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ބޮޑު ތަކްލީފެއް!" އާދަމް ޝަރީފް ވިދާޅުވިއެވެ.
"މޮހޮނަށް އޮޑިދޭގޮތަށޭ" ބުނެ އުޅެނީ އެއްޗަކުން ނުވަތަ ކަމަކުން މަންފާއެއް ނުވަތަ ފައިދާއެއް ހާސިލް ނުކުރެވޭގޮތަށް އެއްޗެއް ހިބައިންދޭ ދިނުމަށެވެ.
ލާމަރުކަޒީގެ ގާނޫނުގެ ދަށުން ސަރުކާރުން ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައެވެ. ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ގާނޫނީ ބާރު ދީ، ރަށްރަށުގެ އިހްތިސާސް ވެސް ގާނޫނުން ވަނީ ކަނޑައަޅާފައެވެ.

Maduvvaree adhi Meedhoo monitoring ah leeiru council akah neynvey, mi tweet kurumaa hama ah ves nuves angaa! Laamarukazee qaanoonun council thakah dheynjehey baaruthah midhenee "mohonah odi" dheyhen?
— Adam Shareef Umar (@Adamshareefz) November 9, 2021
Maduvvaree 98% adhi Meedhoo 96% vaccine jahaafai. Rayyithunnah bodu thakuleef
މަޑުއްވަރި މޮނިޓަރިނަށް ލީއިރު އެރަށުގެ 98 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާކަމަށާއި އަދި މީދޫގެ 96 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަންކަން ފާހަގަކުރައްވައި ލާ މަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭންޖެހޭ ބާރުތައް ސަރުކާރުން ދިނީ "މޮހޮނަށް އޮޑިދޭހޭން" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ބޮޑު ތަކްލީފެއް!" އާދަމް ޝަރީފް ވިދާޅުވިއެވެ.
"މޮހޮނަށް އޮޑިދޭގޮތަށޭ" ބުނެ އުޅެނީ އެއްޗަކުން ނުވަތަ ކަމަކުން މަންފާއެއް ނުވަތަ ފައިދާއެއް ހާސިލް ނުކުރެވޭގޮތަށް އެއްޗެއް ހިބައިންދޭ ދިނުމަށެވެ.
ލާމަރުކަޒީގެ ގާނޫނުގެ ދަށުން ސަރުކާރުން ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައެވެ. ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ގާނޫނީ ބާރު ދީ، ރަށްރަށުގެ އިހްތިސާސް ވެސް ގާނޫނުން ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު