ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު، ހ. ދޫވެހި ވިއްކާލަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލެއްވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.
ރޮޒެއިނާގެ އެގޮތަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު، ހ. ދޫވެހި ވިއްކާލައިގެން ލިބޭ ފައިސާއިން، ހިޔާ ފްލެޓު ލިބުނު މީހުންނަށް ތަށިމުށި ގަނެދިނުމަށް ގޮވާލައްވާފަ އެވެ.
"ތަށިމުށި ޖަހަން ވީ ފައިސާއިން އެހެރީ އަތިރިމަތީގައި 15 ބުރީގެ އިމާރާތެއް ހަދާފަ. އަޅުގަނޑު ގޮވާލަން ސަރުކާރަށް އެ 15 ބުރީގެ އިމާރާތް ވިއްކާލައިފައި ތަށިމުށި ގަނެދޭށޭ ރައްޔިތުންނަށް، އެއީ އެއް ނޫންތޯ އަޅުގަނޑުމެން ކުރަން ވެފަ އޮތް ކަމަކީ." 15 ބުރިއަށް އިމާރަތް ކޮށްފައިވާ ހ. ދޫވެހި ވިއްކާލަން ގޮވާލައްވަމުން ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ މި ވާހަކަ ތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ރޮޒައިނާ އަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ރޮޒައިނާގެ ފިރިކަލުން އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހަންމަދު ނާޝިޒަށް ސަރުކާރުން ދިން ރަށް ވިއްކާލައިގެން އެ ފައިސާ ހޯދުން މާރަނގަޅުވާނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ރޮޒައިނާއަށް ރައްދުދީފައެވެ.
މީގެއިތުރުން ރޮޒައިނާއަށް މަހަކު ލިބިވަޑައިގަންނަވާ 80000 އަށް ވުރެ ބޮޑު މުސާރައިން ތަށި މުށިކޮޅެއް ގަނެދޭން ވީނޫންތޯއޭ ބުނެ، ބައެއް މީހުން ވަނީ ރޮޒައިނާ އާއި ސުވާލުކޮށްފައެެވެ. އަދި ރައީސް ޔާމިންގެ ގެކޮޅު ވިއްކާނުލެވޭނެ ކަމަށާއި ކިތަންމެ ބޭނުން ވިއަސް އެކަން ނުކުރެވޭނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ރޮޒައިނާ އަށް ރައްދު ދީފައެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅި ހިޔާ ފުލެޓްތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ރޮޒައިނާ ހިމެނިވަޑަައިގަންނަވާކަން ފާހަގަަކޮށްލެވެއެވެ. ރޮޒޭނާގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ހިޔާ ފްލެޓް މައްސަލައިގައި ރައީސް ޔާމީނަށާއި ކުރީ ސަރުކާރުގެ އިސް ބޭފުޅުންނަށް ފާޑުވިދާޅުވަމުންނެވެ.

Firimeehaa ge resort vikkaalaigen ves thikan vedhaane @Roxeyna
— Firdous ~ (@Kaleygefaan) November 9, 2021
މީގެއިތުރުން ރޮޒައިނާއަށް މަހަކު ލިބިވަޑައިގަންނަވާ 80000 އަށް ވުރެ ބޮޑު މުސާރައިން ތަށި މުށިކޮޅެއް ގަނެދޭން ވީނޫންތޯއޭ ބުނެ، ބައެއް މީހުން ވަނީ ރޮޒައިނާ އާއި ސުވާލުކޮށްފައެެވެ. އަދި ރައީސް ޔާމިންގެ ގެކޮޅު ވިއްކާނުލެވޭނެ ކަމަށާއި ކިތަންމެ ބޭނުން ވިއަސް އެކަން ނުކުރެވޭނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ރޮޒައިނާ އަށް ރައްދު ދީފައެވެ.
@Roxeyna Kaley ah mahaku libey 100k in keetha vaanee thashi mushu kolheh gane dheyn? Yamin ge ge kolhu vikka eh nuleveyne. Kithanme beynun vius nuvaane a kameh 😂😂😂
— Muse Sharx 🇲🇻 (@Shaarx) November 9, 2021
ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅި ހިޔާ ފުލެޓްތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ރޮޒައިނާ ހިމެނިވަޑަައިގަންނަވާކަން ފާހަގަަކޮށްލެވެއެވެ. ރޮޒޭނާގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ހިޔާ ފްލެޓް މައްސަލައިގައި ރައީސް ޔާމީނަށާއި ކުރީ ސަރުކާރުގެ އިސް ބޭފުޅުންނަށް ފާޑުވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު