މާލޭގައި ފިރިހެނަކު ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައެއްގައި ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފިއެވެ.
މާލޭ ގަލޮޅު ކަންމަތީގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބަރަހަނާ ކުރުމަށްފަހު ވީޑިއޯކޮށް، ބްލެކްމެއިލް ކުރި މައްސަލައެއްގައި ތިން މީހަކު ފުލުހުން ހައްޔަރުކުރިއެވެ. މިއީ އިއްޔެރޭ މެންދަމު 3:49 ހާއިރު ހުށަހެޅުނު މައްސަލައެކެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކުރީ 24 އަހަރާއި، 27 އަހަރާއި 31 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ.
ފުލުހުން ބުނީ މިމައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ 3 މީހުންވެސް ދޫކޮށްލާފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހުން ދޫކޮށްލި ނަމަވެސް މައްސަލަ ތަހްގީގު ކުރަމުން ގެންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު