ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަޝްވަރާތަކަށް އަދާލަތު ޕާޓީން ތައްޔާރުކަމަށް ބުނުމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ މަޝްވަރާއަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށް ވިދާޅުވެ ރައީސް ނަޝީދު އަދާލަތު ޕާޓީގެ އެނިންމުމަށް މަރުހަބާ ވިދާޅުވެފައިވާއިރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަޝްވަރާއަށް އަދާލަތު ޕާޓީން ތައްޔާރުކަމަށެވެ. ނަމަވެސް މި ވަގުތު އެ ޕާޓީގެ އަމާޒު ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ވީހާ ވެސް ގިނަ ހިދުމަތްތަކެއް ދިނުމަށްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ވާހަކަފުޅުތަކާއި ގުޅިގެން އަދާލަތު ޕާޓީއަށް މަރުހަބާ ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީއާ ގުޅޭ މަޝްވަރާތައް ފެށުމަށް ގިނަ ޕާޓީތައް އެއްބަސްވާކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދެވި ނަމަވެސް އިދިކޮޅު ޕީޕީއެމުން ވަނީ މިކަމާއި ދެކޮޅު ހަދާފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމާއި ޖުމްހޫރީ ޕާޓީވެސް މިކަމާއި ދެކޮޅެވެ. މީގެއިތުރުން ރައީސް ނަޝީދު ބަރުލަމާނީ ނިޒާމުގެ ވާހަކަފުޅު ދެއްކެވުމުން ރައީސް ސާލިހުވެސް ވިދާޅުވެފައި ވަނީ މިވަގުތު އެމަނިކުފާނުގެ ވިސްނުން ހުރީ ނިޒާމު ބަދަލުކުރުމަށްވުރެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ.
ބަރުލަމާނީ ނިޒާމް ގެންނަން، ދެބައިވެފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، 100،000 މީހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތްވެސް އެފެކްޝަނުން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު