ކުރާ ހޭދައާ ބަލާއިރު ޤައުމީ ޓީމުގެ ނަތީޖާ ދަށްވާ ސަބަބު ދެނެގަންނަންޖެހޭކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ، ސްރީ ލަންކާގައި އިއްޔެ ފެށި ތިން ގައުމު ބައިވެރިވާ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު މެޗުގައި 4 ލަނޑު ޖަހާފައި އޮއްވާ ލަންކާއިން ފަހަތުން އަރައި 4 ލަނޑު ޖަހައި މެޗު އެއްވަރުކުރުމުން ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.



މި މެޗުން ރާއްޖެ ބަލިވުމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ޤައުމީ ޓީމަށް ލިބޭ އެއްޗެއް ލިބެނީ ކުޅުންތެރިންގެ ހިތްވަރުންކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ދުރު ރާސްތާ ޕްލޭނެއް ނެތްކަމަށާއި ފިޒިކަލް ފިޓްނަސް، ނިއުޓްރިޝަންސް، އަދި ސައިކޮލޮޖިކަލް ޑިވެލޮޕްމަންޓާ ނުލާ ކުރިއަށް ނުދެވޭނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ހަމައެކަނި ޓާފް ދަނޑު އެޅިއަކަސް ނުވާނެކަމަށާއި އިންފްރާސްޓްރަކްޗަރގެ އިތުރުން ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް ވެސް ފޯކަސްކުރަންޖެހޭނެ ކަމަށެވެ.



އަލީ ވަހީދުގެ ޓްވީޓުގައި ނިއު ރޭޑުއެންޓާ، ވިކްޓަރީ ސަސްޕެންޑްކޮށް، ސާފުން ބޭރަށް ވިސްނުން ނުގެންދެވި، ލަންކާ އަތުން މޮޅު ނުވެވޭ ހިސާބަށް ދިޔައިމާ، ގޮތް ދޫކޮށް ކަންކަން އިސްލާޙު ކުރުން މުޙިންމުކަމަށެވެ. އަދި ކުރާ ހޭދައާ ބަލާ ނަތީޖާ ދަށް ސަބަބު ދެނެގަނެ އިސްލާޙީ ބަދަލު ގެންނަންޖެހޭކަމަށާއި އެހެން ކުޅިވަރުތަކަށް ވެސް ބަޖެޓް ތަރުތީބު ކުރަންޖެހޭކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއާ ލަންކާ އިއްޔެ ކުޅުނު މެޗުގައި ރާއްޖެއަށް ދިމާވި ހިތްދަތި ގޮތާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެފްއޭއެމުން އެއްވެސް ވާހަކައެއް ނުދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު