ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމަށް ހަދާ އާ އިމާރާތުގެ މަސައްކަތް ނިންމައި، އަންނަމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސިއްޙީ ޚިދުމަތް ހޯދުމަށް އެތައް ބަޔަކު ބަރޯސާވާ ހޮސްޕިޓަލެކެވެ. އެގޮތުން މި ހޮސްޕިޓަލަކީ މާލޭން އުތުރުގައި ހުރި، އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. އަދި ކައިރި އަތޮޅުތަކާއި ދުރު އަތޮޅުތަކުންވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ހޯދަށް އެތަކެއް ބަޔަކު އާދެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެވޭ ކެޕޭސިޓީއަކީ 36 އެނދުގެ ކެޕޭސިޓީއެކެވެ. މީގެތެރޭގައި ޖެނެރަލް ވޯޑްގެ 12 އެނދާ، ސަރޖިކަލް ވޯޑްގެ 8 އެނދާ، އެމަޖެންސީ ރޫމް އަދި އެންއައިސީޔޫގެ 12 އެނދު ހިމެނެއެވެ.
ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަޙުމަދު ދާޢޫދު ވިދާޅުވީ އެވްރެޖްކޮށް ދުވާލަކު 350އާއި 400 މީހުން އާއްމު ސިއްހީ ޚިދުމަތްތައް ހޯދުމަށް އެހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާކަމަށާއި، އެޑްމިޓްކޮށްގެން ފަރުވާދެވޭ އެނދު ހުރި އަދަދަށްވުރެ އިތުރަށް ވެސް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތު ކުރިމަތިވެފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމަށް އާ އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެގޮތުން މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ މޭ މަހުއެވެ. މިހާތަނަށް މި މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މި އާ އިމާރާތުގައި 36 އެނދުގެ ކެޕޭސިޓީ ހުންނައިރު އަލަށް ހަދާ އިމާރާތާއެކު މިހާރު ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ ދެ ގުނައަށް އިތުރުވެގެންދާނެއެވެ.
މިކަމާ ގުޅިގެން ޑެޕިއުޓީ ސީއީއޯ އަޙްމަދު ދާޢޫދު ވިދާޅުވީ މިޕްރޮޖެކްޓްގެ މަސައްކަތް ލަސްވެގެންދިޔައީ، މަޝްރޫޢުގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނައުމާ ގުޅިގެންކަމަށެވެ. އަދި ކުރިން ޕްލޭންކޮށްފައިވަނީ 2 ފަންގިފިލާއަށް ހޮސްޕިޓަލު އިމާރާތްކުރުމަށް ކަމަށާއި، ނަމަވެސް އެނދު އިތުރުކޮށް ޚިދުމަތް ދިނުމަށް ލުއިފަސޭހަކުރުމަށް އިތުރު ފަންގިފިލާއެއް ލުމަށް މިހަރު ވާނީ ނިންމާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ހޮސްޕިޓަލުގެ އާ އިމާރާތް ހަދަނީ 3 ބުރިއަށްކަމަށާއި، އެތަނުގައި 36 އެނދު ހުންނާނެ ކަމަށްވެސް ދާޢޫދު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގައި 15 އެނދު، 2 ވަނަ ފަންގިފިލާގައި 15 އެނދު އަދި 3 ވަނަ ފަންގިފިލާގައި އެންމެ ފުރިހަމައަށް ޚިދުމަތްދެވޭނެ 6 އެނދުގެ އައިސީޔޫއެއް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، މިހާރު ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ވަރަށްބޮޑު ލުޔެއް މި އިމާރާތުގެ ސަބަބުން ލިބިގެންދާނެކަމަށާއި، އާ އިމާރާތުގެ މަސައްކަތް ނިމި ޑިސެމްބަރު މަހުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް ލަފާކުރެވޭކަމަށްވެސް
ދާއޫދު ވިދާޅުވިއެވެ.
މީގެ އިތުރުން އާ އިމާރާތަށް ބޭނުންވާ ވަސީލަތްތައް ނުވަތަ އާލާތްތައް މިހާރު ލިބިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ އާލާތްތައް ރޭވުމުގެ މަސައްކަތްތައް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ރަށްތަކުގައި ދެމުންދާ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު