އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ މިންވަރަށް މަސައްކަތްނުކުރާތީ އެކޮމިޝަންގެ މެމްބަރުން މަޤާމުން ވަކިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން މިގޮތަށް ނިންމީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އޭސީސީއާއި ގުޅޭގޮތުން ހޯދި މައުލޫމާތާއި، ކުރެވުނު މަސައްކަތަކުގެ މައުލޫމާތަށް ބެލުމަށްފަހު އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ.
ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އަދި އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ.
ކޮމިޓީއަށް ހުށަހެޅުނު ހުށަހެޅުމުގައި ވަނީ އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކުރުމަށެވެ. އަދި ސުވާލުކުރުމަށްފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ. ކޮމިޓީގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްވެފައެވެ.
ކޮމިޓީ އެބައްދަލުވުމުގައި މެމްބަރުން ވަނީ ރައްޔިތުންގެވެސް ބޮޑު ކަންބޮޑުވުމެއް އޭސީސީއާމެދު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.
އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އަލީ އަޝްރަފް، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ.

ކިޔުންތެރިންގެ ހިޔާލު