2022 ވަނަ އަހަރުގެ އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ، އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިއަދު މަޖިލީހަށް ވަޑައިގެންފައެވެ. އެގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް ވަނީ 45 މިނެޓު ލިބިވަޑައިގެންފައެވެ.
މި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ދަނީ ވަރަށް މަޑު ސްޕީޑެއްގައި ކަމަށް ގަބޫލުކުރައްވާކަމަށާއި، އެކަން އެހެންވީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށެވެ.
މީގެއިތުރުން، އަމީރު ވިދާޅުވީ މި ބަލިމަޑުކަމާ ގުޅިގެން ގިނަ ރަށްތަކެއް ލޮކްޑައުން ކޮށްފައިވާތީ، މަޝްރޫއުތައް ކުރިއަށް ގެންދަން ކޮންޓްރެކްޓަރުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެގެން ވެސް ދިޔަ ކަމަށެވެ. އެހެންކަމުން 2022 ވަނަ އަހަރު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތައް އަވަހަށް ނިންމުމަށްކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޮންމެ ރަށަކަށް ބަލާލިނަމަވެސް، ތަރައްގީ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މިހާރު ޚިދުމަތް ދެމުންދާ ކައުންސިލްތަކާއި ސިއްހީ މަރުކަޒުތަކާއި ކޯޓުތަކުގެ ހާލަތު ވަރަށް ދަށް ކަންވެސް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ހުށަހަޅަން ޖެހޭނީ 37 ބިލިއަނަަށް ވުރެ ބޮޑު އަދަދެއްގެ ބަޖެޓެއްކަމަށާއި، ނަމަވެސް މިހާރު ހުށަހަޅާފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުން ހުށަހެޅެން އޮތް އެންމެ ބޮޑު ބަޖެޓު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު