މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް، އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލު ހަމަޖައްސައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވާތީ، އާ ބޭފުޅުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ނަން ހުށަހެޅި ބޭފުޅުންގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ ލަފައާއެކު، އެ އިދާރާގެ އިދާރީ އެންމެ އިސްވެރިއަކަށް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލު ވަނީ އައްޔަންކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ އިއްޔެއިން ފެށިގެން މުޖުތަބާ ޖަލީލު ވަޒީފާއަށް ނުކުންނަވަން ފައްޓަވާފައިވާކަމަށެވެ.

މުޖުތަބާ ޖަލީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި އިސް މަޤާމްތަކެއް އަދާކުރެއްވި ބޭފުޅެއްގެ އިތުރުން، ޕީޕީއެމްގައިވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރަނީ އެ ކައުންސިލެއްގެ ލަފައާއެކު ސިވިލް ސަރވިސް ކޮމިޝަނުންނެވެ. ފަސް އަހަރުގެ ދައުރަކަށް އައްޔަން ކުރާ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު