ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެ ވަޑައިގެން ހުންނެވި ހޮޓެލް ޖެންއަށް ސަރުކާރުން ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ މިހާތަނަށް ޚަރަދުކޮށްފިއެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ބޭސްފަރުވާއަށްފަހު ރާއްޖެ ވަޑައިގެން އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް ފިނޭންސް މިނިސްޓްރީން ވަނީ ބައެއް މީޑިޔާތަކާއި ހިއްސާކޮށްފައެވެ. ބޭސް ފަރުވާއަށްފަހު ރާއްޖެ ވަޑައިގެން ރައީސް ނަޝީދު ހޮޓެލް ޖެންގައި 21 ދުވަހު ހުންނެވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 21 ދުވަހު ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުގެ ބަޖެޓުން 698،168 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެއީ ދުވާލެއްގެ މައްޗަށް 33000 ރުފިޔާއެވެ. މީގެ އިތުރުން، ޖަރުމަންވިލާތާއި އިނގިރޭސިވިލާތުން ހޯއްދެވި ރައީސް ނަޝީދުގެ ބޭސް ފަރުވާއަށް 1.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ. އެހެންކަމުން ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ޖެންގައި ހުންނެވުމަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް ހޭދަކޮށްފައިވާ ފައިސާގެ އަދަދު މިހާރު 2.4 މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނާއި އިނގިރޭސިވިލާތަށް ވެސް ވަޑައިގެންނެވިއެވެ. ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގެންނެވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ. ކޮޕް ސަމިޓްގަައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ނަޝީދު މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައެވެ.
ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވީ މަޖިލީހުގެ ރައީސަށް ހަމަޖައްސާ ރަސްމީގެކޮޅުގެ މަސައްކަތް ނިމެންދެނެވެ. މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު