ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފުތައް ހުއްޓާލައިގެން ނޫނީ ދަރަނި ކުޑަނުކުރެވޭނެ ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް އަދި އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް މުހަންްމަދު ނަޝީދު ހޮޓެލް ޖެންގައި 21 ދުވަހު ހުންނެވުމަށް ދައުލަތުގެ ބަޖެޓުން 698،168 ރުފިޔާ ހޭދަކުރުމާއި ގުޅިގެންނެވެ. އެއީ ދުވާލެއްގެ މައްޗަށް 33000 ހާސް ދިވެހި ރުފިޔާއެވެ. އެކަމަށް އިޝާރަތް ކުރައްވައި ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ދައުލަތުން ކުރާ އެފަދަ އިސްރާފުތައް ހުއްޓާލައިގެން ނޫނީ ދައުލަތުގެ ދަރަނި ކުޑަ ނުކުރެވޭނެ ކަމަށާއި، ރައީސް، މުހަންމަދު ނަޝީދުގެ ލިވިންގ އެލަވަންސަށް ސަރުކާރުން ދޭ ފައިސާއިން އެބައި އުނިކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން ޑރ. އިޔާޒް ވިދާޅުވީ ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ޚަރަދުކުރި 698،168 ރުފިޔާއަކީ މަހެއްގެ މައްޗަށް ބަލާނަމަ 15000 އަށް ކުއްޔަށްދޭ 60 އާއިލާގެ ބޯހިޔާވަހިކަން ކަމަށެވެ.
"ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމުގައި މިއަށްވުރެ ޒިންމާދާރުވާންވާނެ." މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ހޮޓެލް ޖެންގައި ހުންނެވުމަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދު މިހާރު 2.4 މިލިއަނަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ދައުލަތުގެ ދަރަނި ބޮޑުވަމުންދާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓުން ޚަރަދުތައް ފޫނުބެއްދޭތީ ސަރުކާރުން ފަހުން ވަނީ ޚަރަދުތަށް ހަމަޖެއްސުމަށް ސަޕްލިމެންޓްރީ ބަޖެޓެެއް ވެސް މަޖިލީހަށް ހުށައަޅާފައެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ދަރަނި 12.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސުބްޙާނަﷲ. ކޮންފަދަ ބޮޑު އިސްރާފެއްތޯ؟ މިފަދަ އިސްރާފުތައް ހުއްޓާލައިގެން މެނުވީ ބަޖެޓްގެ ދަރަނި ކުޑަ ނުކުރެވޭނެ. @MohamedNasheed ގެ ލިވިންގް އެލަވަންސަށް ސަރުކާރުން ދެއްވާ ބައިން މިބައި އުނިކުރަން ޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) November 10, 2021
މީގެއިތުރުން ޑރ. އިޔާޒް ވިދާޅުވީ ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ޚަރަދުކުރި 698،168 ރުފިޔާއަކީ މަހެއްގެ މައްޗަށް ބަލާނަމަ 15000 އަށް ކުއްޔަށްދޭ 60 އާއިލާގެ ބޯހިޔާވަހިކަން ކަމަށެވެ.
"ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމުގައި މިއަށްވުރެ ޒިންމާދާރުވާންވާނެ." މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.
Miee, mahehge mahchah balaifi nama 15000 rf ah kuyyah ulhey 60 aailaage boahiyaavahikan. Rayyithunge faisaa kharadhukurumuga miahvure zinmaa dhaaru vaan vaane.
— Dr.Mohamed Iyaz (@dr_iyaz) November 10, 2021
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ހޮޓެލް ޖެންގައި ހުންނެވުމަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދު މިހާރު 2.4 މިލިއަނަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ދައުލަތުގެ ދަރަނި ބޮޑުވަމުންދާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓުން ޚަރަދުތައް ފޫނުބެއްދޭތީ ސަރުކާރުން ފަހުން ވަނީ ޚަރަދުތަށް ހަމަޖެއްސުމަށް ސަޕްލިމެންޓްރީ ބަޖެޓެެއް ވެސް މަޖިލީހަށް ހުށައަޅާފައެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ދަރަނި 12.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު