ބިދޭސީ މަސައްތެރިން މިނިމަމް ވޭޖެއްގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ލިބޭނެ ކަމެއް ކަމަށް ޖަމިއްޔާ ތަކުން ބުނެފިއެެވެ.
ހަތަރު ޖަމިއްޔާއެއް ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ދިވެހި ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު އިއުލާނުކޮށްފައިވާ މިނިމަމް ވޭޖު އިސްލާހުކުރަން ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މިޝަން ފޯ މައިގްރެންޓް ވޯކާސްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ނުދިނުމުގެ މަގުސަދުގައި ކުޑަ މުސާރައަކަށް ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅި މިނިމަމް ވޭޖު މި ސަރުކާރުން މިހާރު ވަނީ ކަނޑައަޅައި އިޢުލާން ކޮށްފައެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ދިވެހި މުވައްޒަފުންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދެވޭނީ 4،500ރ. ކަމަށް ކަނޑައަޅައި އެކަން ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ. މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ނެވެ. އެހެން ނަމަވެސް ބިދޭސީންނަށް މުސާރަ ދޭއިރު ދޭންޖެހޭ ވަކި އަދަދެއް ނުވަތަ ބިދޭސީ މަސައްކަތްތެރިންގެ ވާހަކައެއް މިނިމަމް ވޭޖުގައި ބަޔާންކޮށްފައެއް ނުވެއެެވެ.
ހަތަރު ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މިނިމަމް ވޭޖެއްގެ ބޭނުމަކީ މަސައްކަތްތެރިން، މަސައްކަތްކުރާ ގައުމުގައި އަބުރުވެރިކޮށް ދިރިއުޅުވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނާޒުކުކަމުގެ ވާހަކަތައް ބާރަށް ދެކެވޭ ދުވަސްވަރެއްގައި، މަސައްކަތްތެރިންނަށް ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދެކޮޅު ނުޖެހޭ މުސާރައެއް ލިބޭ މީހުންނަށް ދުޅަހެޔޮ، ތިމާވެއްޓާ ރައްޓެހި ވެއްޓެއްގައި ދިރިއުޅުމުގެ ވައްޓަފާޅިއެއް ބައްޓަންކުރަން ދަތިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މިނިމަމް ވޭޖު އިސްލާހުކުރުމަށް އެޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި މިނިމަން ވޭޖްގެ ސިޔާސަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމަށް ފުރިހަމަކުރަންޖެހޭ ގާނޫނީ ކަންކަން ފުރިހަމަކުރުމަށް ދިވެހި ސަރުކާރަށް އެޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.
"މި ގޮތުން ކަނޑައަޅާ އަދަދަކީ ދިވެހިރާއްޖޭގައި ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ނުވަތަ ލިވަބަލް ވޭޖެއްކަން ޔަގީންކޮށް އެންމެހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލަމެވެ." ހަތަރު ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު