ސަރުކާރުގެ ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި ‏ މަޑުމައިތިރިކަން އިސްކޮށްގެން، ހަލަބޮލިކަމާއި ހަމަނުޖެހުމާ ނުލައި، ޖުމްހޫރީ ވެރިކަމުގެ ހަމަތަކުގެ މަތިން، ޤައުމު ކުރިއަށް ގެންދެވިދާނެކަން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ސާބިތުކޮށްދެއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވެއްޖެއެވެެ.

ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިހެން ވިދާޅުވީ ޖުމުހޫރީ ދުވަހުގެ މުނާސަބާތުގައި މިރޭ ޖުމުހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ ރައީސް ސާބިތުކޮށްދެއްވީ ހަލަބޮލިކަމާއި ހަމަނުޖެހުމާ ނުލައި، ޖުމްހޫރީ ވެރިކަމުގެ ހަމަތަކުގެ މަތިން، ރައްޔިތުންގެ ބައިވެރިވުމާއެކު ޤައުމު ކުރިއަށް ގެންދެވިދާނެކަން ކަމަށެވެ.

"ރައީސް ސާލިޙު އަޅުގަނޑުމެންނަށް މި ސާބިތުކޮށްދެެއްވަނީ ހަލަބޮލި ސިޔާސީ މާހާއުލެއްގައި އިގްތިސާދީ ގޮންޖެހުންތަށް ބޮޑު ވަގުތެއްގައި ނުތަނަވަސް ކަމާއި ދަތިކަމުން އެއްކިބާވެ ޖުމުހޫރީ ވެރިކަމުގެ ހަމަތަކުގެ މަތިވެރިކަމާއި ހަލަބޮލި ކަމާއި ހަމަނުޖެހުމާއި ނުލައި އަމާން ރައްކާތެރި މަޑުމައިތިރިކަން އިސްކޮށް ދިވެހި ސަރުކާރު ހިންގުމުގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ޖުމުހޫރީ ވެރިކަމެއް ކުރެވިދާނެކަން." ސަރުކާރު ކޯލިޝަންގަައި ހިމެނޭ އަދާލާތު ޕާޓީގެ ރައީސް، އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެ ‏ޖުމްހޫރީ ވެރިކަމުގެ ހަމަތައް ބަލައިގަނެ ޖުމުހޫރީ ވެރިކަމުގެ ނިޒާމު ދިވެހިރާއްޖޭގައި ހިންގަން ފެށިފެށުމަކީ ދިވެހީން ކުރިއަރައި ދިވެހީންގެ ކަންކަމުގައި ދިވެހީންގެ އަމިއްލަ އަދި ހުރިހާ ދިވެހިންގެ ޝާމިލު ހައްލުތަކެއް ހޯދަން ދިވެހިން ބޭނުންވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އިމްރާން ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު