ސިވިލް ސާވަންޓުން ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި އެކަހެރިކޮށް މަގާމުން ވަކިކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި އެއީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިތިބެވޭނެ މިނިވަން ބައެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ ސިވިލްސާވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ތިބެވޭނެ މިނިވަން ބައެއް ކަމަށެވެ. އަދި ސިވިލް ސާވަންޓުންނަކީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލްސާވެންޓެއް ރާއްޖޭގައި ހުންނަން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އެގޮތުން ސިވިލް ސާވަންޓުން ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި އެކަހެރިކޮށް މަގާމުން ވަކިކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސިވިލްސާވެންޓުންދޭ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް އަދި ވަހެއް ރަހައެއްވެސް ހުރެގެން ނުވާނެ ކަމަށެވެ.
"ސިވިލް ސާވަންޓުން ކުރައްވަންޖެހޭނެ ހާވެސް ކަމަކީ ސަރުކާރުގެ ސިޔާސަތުތަކާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ގައުމީ ޚިދުމަތުގެ ފައުޖު." ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު ސިވިލް ސާވަންޓުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައި މިހާރު ވަނީ ގެޒެޓްކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމުން ސީއެސްސީން ބުނެފައިވަނީ އެއީ ކުރީ ސަރުކާރުގެ ދުވަސްވަރު ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.
ސިވިލް ސާވިސް ގަވާއިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ބުނާގޮތުން މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ. އެ މާއްދާގެ (ށ) ގައި މުވައްޒަފުގެ މަގާމުގެ މަސްލޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވެސް ވަޒީފާ ގެއްލޭނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު