މަގާމުގެ ދައުރު ފުރިހަމަނުކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަށް، ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ލިބިވަޑައިގަންނަވަން ނުޖެހޭނެކަމަށް އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި ބަޖެޓުގައި ބޮޑެތި އަދަދުތަކެއް ހިމެނުމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ޑރ. އިޔާޒު ވިދާޅުވީ ކުރީގެ ރައީސަކު މަގާމެއްގައި ހުންނެވުމުގެ ސަބަބުން މުސާރައާއި ޢިނާޔަތް ލިބިވަޑައިގަންނަވާނަމަ، ކޮންމެވެސް އެކައްޗެއް އިޚްތިޔާރު ކުރައްވަންޖެހޭ ގޮތަށް އިޞްލާޙު ގެންނަންޖެހޭކަމަށެވެ. އަދި އަމިއްލަ ގެދޮރު ހުންނަ ބޭފުޅުންނަށް ލިވިންގް އެލަވަންސް އުނިކުރަން ޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ދައުރު ހަމަނުކޮށް ވަކިވެވަޑައިގެންފިނަމަ ޢިނާޔަތް ނުލިބޭ ގޮތަށްވެސް ހަދަންޖެހޭކަމަށް އިޔާޒު ވިދާޅުވިއެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000 ރުފިޔާ އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާ ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެއެވެ. އަދި އެބޭފުޅުން ދިރިއުޅުއްވާ ތަނުގެ ހަރަދަށް އިތުރު 50،000 ރުފިޔާ ދިނުމުގެ އިތުރަށް މުޖްތަމައަށް ފައިދާހުރި މަސައްކަތެއް ކުރައްވާނަމަ އޮފީސް ހިިންގެވުމުގެ ހަރަދަށް ވެސް މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.
މި އިނާޔަތް ތަކަކީ ރާއްޖޭގެ އިޤުތިޞާދާ ނުބައްދަލު އަދަދުތަކެއް ކަމަށާއި އަދި ބައެއް ބޭފުޅުން ސިޔާސީ އެހެން މަސައްކަތްތައް ކުރަށްވަމުން ދައުލަތުން ދޭ އިނާޔަތް ނަންގަވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ކުރީގެ ރައީސަކު މަގާމެއްގައި ހުންނެވުމުގެ ސަބަބުން މުސާރަ އާއި ޢިނާޔަތް ލިބިވަޑައިގަންނަވާނަމަ، ކޮންމެވެސް އެކައްޗެއް އިޚްތިޔާރު ކުރައްވަންޖެހޭ ގޮތަށް އިޞްލާޙު ގެންނަންޖެހޭ. އަދި އަމިއްލަ ގެދޮރު ހުންނަ ބޭފުޅުންނަށް ލިވިންގް އެލަވަންސް އުނިކުރަން ޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) November 10, 2021
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000 ރުފިޔާ އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާ ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެއެވެ. އަދި އެބޭފުޅުން ދިރިއުޅުއްވާ ތަނުގެ ހަރަދަށް އިތުރު 50،000 ރުފިޔާ ދިނުމުގެ އިތުރަށް މުޖްތަމައަށް ފައިދާހުރި މަސައްކަތެއް ކުރައްވާނަމަ އޮފީސް ހިިންގެވުމުގެ ހަރަދަށް ވެސް މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.
މި އިނާޔަތް ތަކަކީ ރާއްޖޭގެ އިޤުތިޞާދާ ނުބައްދަލު އަދަދުތަކެއް ކަމަށާއި އަދި ބައެއް ބޭފުޅުން ސިޔާސީ އެހެން މަސައްކަތްތައް ކުރަށްވަމުން ދައުލަތުން ދޭ އިނާޔަތް ނަންގަވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު