ދިވެހިންނަށް ވީޒާއާއި ނުލައި ތަޖަކިސްތާނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ތަޖަކިޒްތާނަށް ވީޒާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން އިއުލާންކުރެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝާހިދު ވަނީ ދިވެހިންނަށް ވީޒާއާ ނުލައި ތަޖަކިސްތާނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވިކަމަށްޓަކައި ތަޖަކިސްތާނުގެ ފޮރިން މިނިސްޓަރ އަދި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.



2018 ވަނަ އަހަރު ފޮރިން މިނިސްޓަރުކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ޝާހިދު މިހާތަނަށް ކުރަށްވާފައިވާ މަސައްކަތްޕުޅުން ގިނަ ގައުމުތަކަކަށް ވީޒާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ދިވެހީންނަށް ވަނީ ހަމަޖެހިގެން ގޮސްފައެވެ. އެގޮތުން މޮރޮކޯ، ރަޝިޔާ، ޔޫއޭއީ އަދި ތައިލެންޑު ހިމެނެއެވެ. އަދި ކޯވިޑާ ގުޅިގެން ވިޒާނަގައިގެން ނޫނީ ނުދެވޭ ގޮތަށް އޮތް އިންޑިއާއަށްވެސް ވީޒާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަށްވާ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅާއެކު ކުރިން ރާއްޖެއާއި ދުނިޔެއާއި ކެނޑިފައިވާ ގުޅުންތައް އަލުން ބަދަހިވެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން އެކި ދާއިރާތަކުން ރާއްޖެއަށް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދުނިޔޭގެ މައި ޖަމިއްޔާ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ނުވަތަ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ބައިނަލްއަޤްވާނީ މައިދާނުގައި ރާއްޖެ ބަލައިގެންފައިވާ މިންވަރު ހާމަކޮށްދޭ ވަރުގަދަ ހެއްކެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު