މީގެ ކުރިން ހިނގި ގޭސް އެކްސްޕްލޯޝަން ހާދިސާއެއް
މީގެ ކުރިން ހިނގި ގޭސް އެކްސްޕްލޯޝަން ހާދިސާއެއް
ހުޅުުމާލޭ ޣާޒީ ސްކޫލް ކައިރީގައި ހުރި ފްލެޓެއްގައި ގޭސް ފުޅިއެއް ގޮވައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލޭ 0584 ފްލެޓްގެ ގްރައުންޑްފުލޯގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:46 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.



މިހާދިސާ ހިނގަން މެދުވެރިވީ ގޭސް އުނދުނަށް ގުޅާފައިހުރި ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވެފައި ވަނިކޮށް އުނދުން ރޯކުރަން އުޅުމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

އަދި އުނދުން ރޯކުރަން އުޅުނު ކުއްޖާގެ ހެދުމުގެ އަތްކުރި އެނދުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން