މާލޭ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން، ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިމަސައްކަތް ފެށީ ނުލިބި ހުރި ފައިސާ ހޯދުމާއި ގުޅޭގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިޓީއެއް ފޮނުވުމާ ގުޅިގެންކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މިދިޔަ އަހަރުތަކުގެ ތެރޭގައި މާލޭގެ ބިންތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން، ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރިކަމަށެވެ. އަދި އެ ފައިސާ މީރާއިން ހޯދުމުގެ ބަދަލުގައި އެފައިސާ ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދިއުމަށް މީރާއިން އެދިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ނަމަވެސް ސިޓީ ކައުންސިލަށް ލިބެންޖެހެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކަށް ދީފައި ހުރި ބައެއް ބިންތަކުގެ ކުލި ވަނީ ނުދައްކައެވެ. އެގޮތުން ސަރުކާތުގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކުން އެތައް މިލިއަން ރުފިޔާއެއް ނުދައްކައި އޮތް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވީ ނުލިބި ހުރި ފައިސާ ލިބިއްޖެނަމަ މާލޭގެ ރައްޔިތުންނަށް މިހާރަށްވުރެ ގިނަ ހިދުމަތްތައް ދިނުމަށް ފަސޭހަވެގެންދާނެކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު