ރާއްޖޭގެ ބިންތައް ވިއްކާލަން އުޅުނު މީހުން މިނިވަންކަމާއިސިޔާދަތޭ ކިޔައިގެން ދައްކާނެ ވާހަކައެއް ނޯންނާނެކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމާއި ދެކޮޅަށް އަޑު އުފުލައި، ބާއްވާ މުޒާހަރާތަކުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅޭގޮތުން އަލްހާން ފަހްމީ ވަނީ ތިމާމެންގެ ސިޔާސީ މަޤްޞަދު ޙާޞިލްކުރުމަށް އަވައްޓެރި އެކުވެރި ދައުލަތްތަކާއި ދިމާކޮށްގެން ކުރީގެ ރައީސް ޔާމީންގެ ލީޑަރޝިޕްގެ ދަށުން ހިންގާ ހަރަކާތަކީ އިންޑިއާއާ ދިމާކުރާ ސިޔާސީ ހަރަކާތެއް ކަމަށް ވިދާޅުވެ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަށްވާފައެވެ. އަދި އަސާސެއް ނެތް ޔޯލަ ވާހަކަ ޤަބޫލެއް ނުކުރެވޭނެކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ދިވެހިންގެ ބިން ހަސަނެއް ކާސިމެއް ފަރަންޖީއެއް ދީނެއް މިއްލަތެއް ނުބަލާ ވިއްކާލަން ޤާނޫނު އަސާސީ ބަދަލު ކޮށްލި މީހުން މިނިވަންކަމާއި ސިޔާދަތޭ ކިޔައިގެން ދައްކާނެ ވާހަކައެއް ނޯންނާނެކަމަށެވެ.
"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެވެސް ވަނީ ބޮޑު ހިނގާލުމެއް ބާއްވާފައެެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ. އެއްވެސް ހަމަނުޖެހުމެއްނެތި ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދިޔަ މި ހިނގާލުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގުގައި ކުރިއަށް ގެންދިޔުމަށްފަހު ހިނގާލުން ނިއްމާލާފައިވަނީ ޕީޕީއެމް އޮފީސް ކުރިމައްޗަށެވެ.
"މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ ކަމަށްބުނާ އެއްބަސްވުންތައް ހާމަކުރުމާއެކު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވައިލާ ހަރަކާތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ މިނިވަންކަމުގެ ދިފާއުގައި، ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފައެވެ.

ތިމާމެންގެ ސިޔާސީ މަޤްޞަދު ޙާޞިލްކުރުމަށް އަވައްޓެރި އެކުވެރި ދައުލަތްތަކާ ދިމާކޮށްގެން ކުރީގެ ރައީސް ޔާމީންގެ ލީޑަރޝިޕްގެ ދަށުން މިހިންގާ #އިންޑިއާ އާ ދިމާކުރާ ސިޔާސީ ހަތަކާތް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) November 12, 2021
އަސާސެއް ނެތް ޔޯލަ ވާހަކަ ޤަބޫލެއް ނުކުރެވޭނެ!
އަލްހާން ވިދާޅުވީ ދިވެހިންގެ ބިން ހަސަނެއް ކާސިމެއް ފަރަންޖީއެއް ދީނެއް މިއްލަތެއް ނުބަލާ ވިއްކާލަން ޤާނޫނު އަސާސީ ބަދަލު ކޮށްލި މީހުން މިނިވަންކަމާއި ސިޔާދަތޭ ކިޔައިގެން ދައްކާނެ ވާހަކައެއް ނޯންނާނެކަމަށެވެ.
ދިވެހިންގެ ބިން ހަސަނެއް ކާސިމެއް ފަރަންޖީއެއް ދީނެއް މިއްލަތެއް ނުބަލާ ވިއްކާލަން ޤާނޫނު އަސާސީ ބަދަލު ކޮށްލި މީހުން މިނިވަންކަމާ ސިޔާދަތޭ ކިޔައިގެން ދައްކާނެ ވާހަކައެއް ނެތް ! pic.twitter.com/oJxxQGqqnT
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) November 12, 2021
"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެވެސް ވަނީ ބޮޑު ހިނގާލުމެއް ބާއްވާފައެެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ. އެއްވެސް ހަމަނުޖެހުމެއްނެތި ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދިޔަ މި ހިނގާލުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގުގައި ކުރިއަށް ގެންދިޔުމަށްފަހު ހިނގާލުން ނިއްމާލާފައިވަނީ ޕީޕީއެމް އޮފީސް ކުރިމައްޗަށެވެ.
"މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ ކަމަށްބުނާ އެއްބަސްވުންތައް ހާމަކުރުމާއެކު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވައިލާ ހަރަކާތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ މިނިވަންކަމުގެ ދިފާއުގައި، ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު