އިންޑިއާއެކު ގާއިމްކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިކަމަށް ގޮވާލައްވާފައި މިވަނީ، އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމަޢުގެ ސަމާލުކަމަށްވެސް މިކަން މިހާރު ވަނީ އައިސްފައެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށެވެ. އަދި ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭކަމާއި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ ބޭނުންތެރިކަމެއްކަމަށްވެސް މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.



އިންޑިއާއެކު ގާއިމްކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ސަރުކާރަށް ގޮވާލައްވާފައިވާއިރު، މިއީ އެމްޑީޕީ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މިކަމަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ހަސަން ލަތީފަކީ ރައީސް ނަޝީދާއި ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށްވުމުން، މިއީ ރައީސް ނަޝީދުގެ ރުހުން ލިބިގެން ދެއްކި ވާހަކައަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޔޫޓީއެފް އެއްބަސްވުން އާއްމުކުރުމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުންދިޔަނަމަވެސް ސަރުކާރުން އެކަމަށް އިޖާބައެއް ނުދެއެވެ. ނަމަވެސް އެމްއެންޑީއެފާއި ޑިފެންސް މިނިސްޓަރްރީން ދާދިފަހުން ވަނީ އިތުރު ތިލަފަޅު އެއްބަސްވުމުގައި ހިމެނޭ ކަމަށްބުނާ މައުލޫމާތު ތަކެއް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު