އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވިހެއި ކުއްޖާ ނިޔާވެފައިވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެގެން ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ރޭ ފަތިހު ވިހެއި ކުއްޖަކު ވަނީ ނިޔާވެފައެވެ. އެކުއްޖާ ނިޔާވުމުގައި އެ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާ އިން ކުރާ ތުހުމަތުތަކާއި ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކުއްޖާ ނިޔާވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ (ޝޯލްޑަރ ޑިސްޓޯޝިއާ) ދިމާވި މައްސަލަތަކާއި ގުޅިގެން ކަމަށެވެ.
ޝޯލްޑަރ ޑިސްޓޯޝިއާ އަކީ މަދުން ނަމަވެސް ދިމާވުމުން އޭގެ ސަބަބުން މައިމީހާއާއި ކުއްޖާއަށް ނުރައްކާވާ ހާލަތެއް ކަމަށް އޭއީއެޗުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.
އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވަނީ މި ހާދިސާގައި ކުއްޖާ ވިއްސުމަށްފަހު ތުއްތު ދަރިފުޅު ރިސަސިޓޭޓް ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް އޭއީއެޗުން ބުނެ އެވެ. ހޮސްޕިޓަލުން ބުނީ، މިފަދަ ކޮންމެ ހާދިސާއަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ރަނގަޅު ކުރަން ޖެހޭ ކަމެއް ވާނަމަ އެކަން ފާހަގަކޮށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވިހެއި ކުއްޖަކު ނިޔާވެފައިވާއިރު، އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވަމުންދާ ކަމަށްބުނެ އައްޑޫ ސިޓީގެ ގިނަބައެއްގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު