ރާއްޖޭގެ ޗާޓް ކުރަހައިގެން އޭގެ ނާޖައިޒު ފައިދާ ބޭރުބަޔަކު ނެގިޔަދީގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވީ، އިންޑިއާއިން ހައިޑްރޮގްރަފީ ސާވޭ ކޮށްގެން ހަދާ ރާއްޖޭގެ ޗާޓުތައް ވިއްކައިގެން އިންޑިއާއަށް މަންފާ ހޯދޭނެކަމަށް އެމްއެންޑީއެފުން ހާމަކުރުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރައްވައި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގައި ހިންގި ކަޅުބިލަ މަހުގައި ފާހަގަޖެހުމުގެ ޕްރޮގުރާމްގެ ހުރިހާ މަންފާ އެއް ބޭރު މީހުން ނެގި ގޮތަށް ދިވެހި ރާއްޖޭގެ ކަނޑުގެ ޗާޓު ކުރަހައިގެން އޭގެ ނާޖާއިޒު ފައިދާ ބޭރުބަޔަކު ނެގުމުގެ ފުރުސަތު ލިބިދީގެން ނުވާނެ ކަމަށެވެ.
އެމްޢެންޑީއެފުން މަޖިލީހާއި ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުގައި ރާއްޖޭގެ ޗާޓުތައް ވިއްކައިގެން މާލީ ގޮތުން ބޮޑު މަންފާއެއް ލިބެނީ އިންޑިއާއަށެވެ. އިންޑިއާއިން ރާއްޖޭގައި ޗާޓު ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 35 އިންސައްތަ ކޮމިޝަން ލިބޭއިރު، އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 އިންސައްތަ އެވެ.
އެމައްސަލައިގައި ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒައިދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޒައިދު ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅުގެ ފައިދާ ބޭރުގެ އެހެން ގައުމަކަށް ދިނުމަކީ ކުރަން ހެއުވާވަރުގެ ކަމެއް ނޫންކަމަށެވެ. އިންޑިޔާއާއެެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި ހައިޑްރޮގްރަފީ ސާވޭ ހެދުމާ ބެހޭ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ހައިޑްރޯގްރަފީ ޗާޓުތައް ކުރަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެކަމާ ގުޅޭ އޮފީހެއް އެމްއެންޑީއެފްގައި ގާއިމްކޮށް، މިކަމަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެެވެ. މި އެއްބަސްވުމުގެ ދަށުން ސާވޭ ކުރާނީ ރާއްޖެއިން ބޭނުންވާ ސަރަހައްދުތައް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ރާއްޖޭގައި ހިންގި ކަޅުބިލަ މަހުގައި ފާހަގަ ޖެހުމުގެ ޕްރޮގްރާމުގެ ހުރިހައި މަންފާއާއި ފައިދާ ބޭރުމީހުން ނެގިގޮތަށް ދިވެހި ރާއްޖޭގެ ކަނޑުގެ ޗާޓު ކުރަހައިގެން އޭގެ ނާޖާއިޒު ފައިދާ ބޭރުބަޔަކު ނެގުމުގެ ފުރުސަތު ލިބިދީގެން ނުވާނެ.
— Ali Hussain (@AleeVoice) November 13, 2021
އެމްޢެންޑީއެފުން މަޖިލީހާއި ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުގައި ރާއްޖޭގެ ޗާޓުތައް ވިއްކައިގެން މާލީ ގޮތުން ބޮޑު މަންފާއެއް ލިބެނީ އިންޑިއާއަށެވެ. އިންޑިއާއިން ރާއްޖޭގައި ޗާޓު ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 35 އިންސައްތަ ކޮމިޝަން ލިބޭއިރު، އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 އިންސައްތަ އެވެ.
އެމައްސަލައިގައި ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒައިދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޒައިދު ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅުގެ ފައިދާ ބޭރުގެ އެހެން ގައުމަކަށް ދިނުމަކީ ކުރަން ހެއުވާވަރުގެ ކަމެއް ނޫންކަމަށެވެ. އިންޑިޔާއާއެެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި ހައިޑްރޮގްރަފީ ސާވޭ ހެދުމާ ބެހޭ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ހައިޑްރޯގްރަފީ ޗާޓުތައް ކުރަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެކަމާ ގުޅޭ އޮފީހެއް އެމްއެންޑީއެފްގައި ގާއިމްކޮށް، މިކަމަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެެވެ. މި އެއްބަސްވުމުގެ ދަށުން ސާވޭ ކުރާނީ ރާއްޖެއިން ބޭނުންވާ ސަރަހައްދުތައް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު