ސަރުކާރުން ކުރިއަށްގެންދާ ހައި ސްޕީޑް ފެރީ ނިޒާމުގެ ބޮޑުބައެއް އަންނަ އަހަރު ފުރިހަމަވެގެންދާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ފެރީގެ ނިޒާމްގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި ރާއްޖެ ލާމަރުކަޒު ކުރެވެނީ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމަކާއި އެކުގައިކަމަށެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ 2023 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ހައި ސްޕީޑް ފެރީ ނިޒާމްގެ ދަށުން ޚިދުމަތް ފަށައިގަތުންކަމަށެވެ. އަދި އެކަމުގެ މަސައްކަތުގެ ބޮޑު ބައެއް އަންނަ އަހަރު ފުރިހަމަކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އެކަން ވަރަށް ބާރަށް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު، ވަރަށް ބޮޑަށް ފެނިގެންދާނެ އެ ޕްރޮގްރާމްގެ ތެރެއިން އެކި މަޝްރޫޢުތައް އެކި ސަރަހައްދުތަކުގައި ފެށިގެން ކުރިއަށްދާތަން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ފެރީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް 2023 ވަނަ އަހަރަށް މުޅިން ނިންމާލުމަށް އަމާޒް ހިފާފައިވާއިރު، އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ހއ، ހދ އަދި ށ. އަތޮޅުގައި ފެރީނިޒާމުގެ ދަށުން ސްޕީޑް ފެރީގެ ދަތުރުތައް ފަށައިގަނެވޭނެކަމަށެވެ. އަދި އަންނަ އަހަރު ދެކުނުގެ 4 އަތޮޅުގެ އިތުރުން މާލެއިން އުތުރުގައި ދެން ހިމެނޭ އަތޮޅުތަކުގައި ހައި ސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުތައް ފަށައިގަނެވޭނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން ޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ މީހުންގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ. އަދި 30 ނޯޓިކަލް މޭލުގެ ބާރުމިނުގައި ދުވާގޮތަށް ހަދާ މި ފެރީތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހަލުވި ފެރީތަކެކެވެ.
މި ފެރީ ތަކުގެ އަޖުމަބެލުމަށް ބަނތް ފެރީ މިހާރު ވަނީ މޫދަށް ބާލައި ޓެސްޓްކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ފެރީ ބަނުމުގެ މަސައްކަތާއި، ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު