ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ މިދިޔަމަހު ފުލުހުން ހޯދި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިމައްސަލާގައި 10 މީހަކު ހައްޔަރުކުރިނަމަވެސް ފަސް މީހަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ. ހައްޔަރުގައި މިހާރު ތިބީ 3 ދިވެހިންނާއި ބަންގްލަދޭޝްގެ 2 ރައްޔިތުންނެވެ. އޭގެ ތެރެއިން ތިން ދިވެހިންގެ ބަންދަށް 15 ދުވަސް އިތުރު ކުރިއިރު، ދެ ބިދޭސީންގެ ތެރެއިން އެކަކުގެ ބަންދަށް 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ އިއްޔެ އިތުރުކޮށްފައެވެ.
މިދިޔަމަހު 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ފަހުންވެސް، އިތުރު 215 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ފަޅު ރަށަކުން ހޯދާފައެވެ. އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮޮށްފައެވެ.
ފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ މިންވަރު އިތުރުވަމުންދާއިރު، އެކަމުގައި ތަހުގީގީ މަރުހަލާ ދޯދިޔާ ކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު