ކޯވިޑް ޖެހިފައިވާ ބަޔަކު ފެނިގެން އިތުރު 7 ރަށަކަށް އަރާފޭބުން މަނާކޮށްފި އެވެ.
ކޯވިޑްގެ ކޭސްތަކެއް ފެނިގެން އަރައި ފޭބުން މިއަދު މަނާކުރީ ރ. އަލިފުށި، ދ. މާއެނބޫދޫ، ފ. ބިލަތްދޫ، ގއ. މާމެންދޫ، ގދ. ފަރެސްމާތޮޑާ، ނ. ކުޑަފަރި، އަދި ނ. ވެލިދޫއެވެ.
މި ރަށްތަކާއެކު މިހާރު މޮނިޓަރިންގެ ހާލަތުގައި ނުވަތަ އަރާފޭބުން މަނާ ކޮށްފައިވާ ލިސްޓުގައި ހިމެނޭ ރަށްތަކުގެ އަދަދު ވަނީ 30 އަށް އަރާފައެވެ.
މީގެތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ އައްޑޫ ސިޓީ މޮނިޓަރިންގައި އޮންނަތާ މިހާރު 3 މަހެއްހާ ދުވަސް ވެއްޖެއެވެ. އައްޑޫގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާއިރު އިއްޔެ ވެސް އައްޑޫން 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާރު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ބޮޑު ބައެއް ޕޮޒިޓިވް ވަނީ އަތޮޅުތަކުގެ ރަށްރަށުންވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެ ކޯވިޑަށް ޕޮޒިޓުވްވި 184 މީހުންގެ ތެރެއިން 141 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު