އަހުމަދު މަސްނޫމް   14 ނޮވެމްބަރު 2021 - 16:10
އިންޑިއާގެ އިތުރު 2 ހޮސްޕިޓަލަކުން އާސަންދައިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާސަންދައިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް މިފަހަރު ހަމަޖެއްސި ހޮސްޕިޓަލްތަކަކީ ޗެންނާއީގައި ހުންނަ ޑރ. ރެލާ އިންސްޓިޓިއުޓް އެންޑް މެޑިކަލް ސެންޓަރާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލު، ރެއިންބޯ ޗިލްޑްރަންސް މެޑިކެއާ ހޮސްޕިޓަލެވެ.

އާސަންދައިން ޑރ. ރެލާ އިންސްޓިޓިއުޓް އެންޑް މެޑިކަލް ސެންޓަރާއެކު ސޮއިކުރީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ރެއިންބޯ ޗިލްޑްރަންސް މެޑިކެއާ ހޮސްޕިޓަލާ އެކު ސޮއިކޮށްފައިވަނީ މިިދިޔަ މަހުގެ 17 ގައެވެ.

އާސަންދައިގެ ދަށުން މިހާރުވެސް އިންޑިއާގެ 36 ހޮސްޕިޓަލަކާއި ސްރީ ލަންކާގެ ނުވަ ހޮސްޕިޓަލަކުން ފަރުވާ ހޯދެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާސަންދައަށް 731 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މިއީ މި އަހަރު ކަނޑައެޅި އަދަދަށްވުރެ އިތުރު އަދަދެކެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައި އޮތީ ޖުމްލަ 3.1 ބިލިޔަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު